މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އުތީމު ކައުންސިލް

95 Stories filed
އުތީމު ޓީމަށް ހިތްވަރު ދިނުމަށް އެރަށު ރިސޯޓު މުވައްޒަފުންގެ ހަދިޔާއެއް
Raajje

އުތީމު ޓީމަށް ހިތްވަރު ދިނުމަށް އެރަށު ރިސޯޓު މުވައްޒަފުންގެ ހަދިޔާއެއް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ބައިވެރިވާ އުތީމު ފުޓްސަލް ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ އެރަށަށް ނިސްބަތްވާ ރައްޔިތުންގެ ފަރާތުން ފައިސާގެ އެހީއެއް ދީފިއެވެ. އުތީމު ކައުންސިލުން ވަނީ އެކަން ފާހަގަކޮށް، އެކަމުގައި އިސްކޮށް އުޅުނު އެރަށު ފީރޯޒްގެ އާދަމް ރަމީޒަށާއި، ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ އެރަށު ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން އުތީމު ފުޓްބޯޅަ ކްލަބްގެ ފަރާތުން ވެސް ވަނީ އެކަން ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ. ރިސޯޓުތަކުގައި ވަޒީފާ އ...

ބޮޑު ތަރުހީބަކާއިއެކު އުތީމުގައި މޫދު ކަސްރަތު ޕްރޮގްރާމް ފެށިގެން ކުރިއަށް
Thiladhunmathi News

ބޮޑު ތަރުހީބަކާއިއެކު އުތީމުގައި މޫދު ކަސްރަތު ޕްރޮގްރާމް ފެށިގެން ކުރިއަށް

ބޮޑު ތަރުހީބަކާއިއެކު ތިލަދުންމަތީ އުތުރުބުރީ އުތީމުގައި މޫދު ކަސްރަތު ޕްރޮގްރާމް ފެށިގެން ކުރިއަށް އެބަދެއެވެ. މި ޕްރޮގްރާމަކީ އުތީމު ކައުންސިލާއި، އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި އެމްއެންޑީއެފް ނޮދަން އޭރިއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެ ރަށުގައި މި ޕްރޮގްރާމް ފަށާފައި ވަނީ މި މަހު ދިހަވަނަ ދުވަހުއެވެ. ޖުމްލަ 21 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ނިންމާލަން ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. މި […]

އުތީމު ސްކޫލުގައި ފުރަތަމަ ފަހަރަށް އޭލެވެލް އަށް ކިޔަވައިދޭން ފަށަން މަސައްކަތް ކުރަނީ
Thiladhunmathi News

އުތީމު ސްކޫލުގައި ފުރަތަމަ ފަހަރަށް އޭލެވެލް އަށް ކިޔަވައިދޭން ފަށަން މަސައްކަތް ކުރަނީ

ތިލަދުންމަތީ އުތުރުބުރީ އުތީމު ޣާޒީ ބަންޑާރައިން ސްކޫލުގައި ފުރަތަމަ ފަހަރަށް އޭލެވެލް އަށް ކިޔަވައިދޭން ފެށުމަށް މަސައްކަތް ފަށައިފިއެވެ. އުތީމް ކައުންސިލާއި ޣާޒީ ބަންޑާރައިން ސްކޫލާއި ގުޅިގެން ކުރިއަށް އޮތްއަހަރު އެ ރަށުގައި އޭލެވެލް އަށް ކިޔަވައިދޭން ފެށުމަށް ވަމުން އަންނަ ތައްޔާރީތައް ކުރިއަށް ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ހިއްސާ ކުރައްވަމުން އުތީމް ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މި މަސައްކަތް ކާމިޔާބު ކުރުމަށް ދެ ޕްލޭނެއް ގެންގުޅުއްވާ ކަމަށެވެ. އަބްދުﷲ […]

އުތީމު އެންމެ އަލިގަދަ ތަރިއަކަށް މަރްޔަމް އަނާޔާ
Thiladhunmathi News

އުތީމު އެންމެ އަލިގަދަ ތަރިއަކަށް މަރްޔަމް އަނާޔާ

ތިލަދުންމަތީ އުތުރުބުރީ އުތީމް ކައުންސިލާއި އެރަށުގެ ޖަމިއްޔާއެއްކަމަށްވާ ވިންގާރސް ގުޅިގެން ކުރިއަށް ގެންދިޔަ “އުތީމް އެންމެ އަލިގަދަތަރި” ޤުރުއާން މުބާރާތުގެ ފަހުރުވެރި އެއްވަނަ މަރްޔަމް އަނާޔާ ހަބީބް ހޯދައިފިއެވެ. މި މަހު 19 ވަނަ ދުވަހު ފެށި މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ތިން ބުރަކަށް ބަހާލައިގެންނެވެ. މުބާރާތުގެ އެންމެ މޮޅު ހަތް ބައިވެރިންނާއިއެކު ފައިނަލް ޝޯ ބާއްވާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރެއެވެ. ފައިނަލް ޝޯގައި އެންމެ މަތިން މާކްސް ހޯދައި އުތީމްގެ […]

އުތީމު އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް މި މަހު 19 ގައި ފަށަނީ
Thiladhunmathi News

އުތީމު އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް މި މަހު 19 ގައި ފަށަނީ

ތިލަދުންމަތީ އުތުރުބުރީ އުތީމް ކައުންސިލާއި އެރަށުގެ ޖަމިއްޔާއެއްކަމަށްވާ ވިންގާރސް ގުޅިގެން ކުރިއަށް ގެންދާ “އުތީމް އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތް 1445” އަންނަ އަންގާރަ ދުވަހު (19 މާޗް 2024) ފަށާނެއެވެ. ހުރިހާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި މި މުބާރާތުގައި އުތީމް ސްކޫލާއި ޕްރީސްކޫލުން 55 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަދި މަދަރުސީ ތައުލީމް ނިންމާފައިވާ 5 ފަރާތަކުން ވެސް ވަނީ ބައިވެރިވެފައެވެ. މުބާރާތް ކުރިއަށް ގެންދަނީ އެންމެ އަލިގަދަތަރިއަށް ވާދަކުރާ ބައިގައި ޕްރީސްކޫ...

ފެނަކަ ކޮމިއުނިޓީ ޕާކާއި އުތީމް އިސް ރައްވެހިންގެ ހިޔާ ހުޅުވައިފި
Thiladhunmathi News

ފެނަކަ ކޮމިއުނިޓީ ޕާކާއި އުތީމް އިސް ރައްވެހިންގެ ހިޔާ ހުޅުވައިފި

ފެނަކަ އުތީމް ބްރާންޗްގެ ފަރާތުން އިސްނަގައިގެން އެ ރަށުގައި ތަރައްގީކުރި ކޮމިއުނިޓީ ޕާކާއި، އިސް ރަށްވެހިންގެ ހިޔާ ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށައިފިއެވެ. އެ ރަށުގެ އިރުދެކުނު ފަރާތު އަތިރިމަތީގައި ތަރައްގީކުރި މި ޕާކް ހުޅުވުމުގެ ގޮތުން އާދީއްތަ ދުވަހުގެ ހަވީރު އެތަނުގައި ވަނީ ކުޑަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އެ ޕާކް ރަސްމީކޮށް ހުޅުވައި ދެއްވީ ހއ.އަތޮޅު ކައުންސިލުގެ ރައީސް މޫސާ ޝަފީޤެވެ. މި ތަނާއި ގުޅޭގޮތުން މައުލޫމާތު ދެމުން އުތީމް ކައުންސިލްގެ ރައީސް […]

ގޮނޑުދޮށުން ވެލި ނެގުމުގައި ޤާނޫނާއި ޤަވާއިދާއި ޚިލާފުވާނަމަ ފިޔަވަޅު އަޅާނަން: އުތީމު ކައުންސިލް
Thiladhunmathi News

ގޮނޑުދޮށުން ވެލި ނެގުމުގައި ޤާނޫނާއި ޤަވާއިދާއި ޚިލާފުވާނަމަ ފިޔަވަޅު އަޅާނަން: އުތީމު ކައުންސިލް

ހއ. އުތީމު ގޮނޑުދޮށުން ވެލި ނެގުމުގައި ޤާނޫނާއި ޤަވާއިދާއި އެއްގޮތައް ޢަމަލުކުރުމަށާއި، ގޮނޑުދޮށުން ވެލި ނެގުމުގައި ޤާނޫނާއި ޤަވާއިދާއި ޚިލާފުވާނަމަ ފިޔަވަޅު އަޅާނެކަމަށް އެރަށު ކައުންސިލުން މިއަދު ވިދާޅުވެއްޖެއެވެ. އުތީމު ކައުންސިލުން މިއަދު ވިދާޅުވީ، މިހާރަކަށް އައިސް އެ ރަށުގެ ގޮނޑުދޮށުން ގިނަ އަދަދަކަށް ގޭގެއަށާއި ވިޔަފާރި ބޭނުމަށް ވެލިނަގަމުންދާކަން އެ ކައުންސިލަށް  ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިފަދައިން ވެލި ނެގުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށް ހަލާކުވެ ރަށްގިރުމުގެ މައްސަލަ އިތުރަށް ގ...

ސްޓޭޓް މިނިސްޓަރު ތޯރިގު އުތީމަށް 100 ރުއް ހަދިޔާ ކޮށްފި
Thiladhunmathi News

ސްޓޭޓް މިނިސްޓަރު ތޯރިގު އުތީމަށް 100 ރުއް ހަދިޔާ ކޮށްފި

އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު، ހއ. އުތީމު ރައްޔިތުންނަށް 100 ރުއް ހަދިޔާ ކުރައްވައިފއެވެ. މިކަމާއި ގުޅިގެން އެރަށު ކައުންސިލުން ވިދާޅުވީ މިއި މެލޭޝިއާގެ ރުއް ކަމަށާއި މި ރުއްތައް އެރަށުގެ ލޭންޑްޔޫޒް ޕްލޭނާ އެއްގޮތަށް އިންދަން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން މިއީ އާންމުންނަށް ބެހުމަށް ނިންމާފައިވާ ރުއް ނޫން ކަމަށާއި އަމާޒަކީ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތަށް ރުއްތައް އިންދައި، ކައުންސިލަށާއި ރައްޔިތުންނަށްް މުސްތަގުބަލުގައި ފައިދާއެއް ވުން ކަމަށ...

އުތީމު ހަބޭސްކޮށްލަން "ހަބޭސް" އުތީމަށް
Thiladhunmathi News

އުތީމު ހަބޭސްކޮށްލަން "ހަބޭސް" އުތީމަށް

ހަތަރު އަހަރަށް ފަހު ކުލަގަދަކޮށް ބޮޑު ޢީދު ފާހަގަކުރުމަށް ތައްޔާރު ވަމުން އަންނަ ހއ. އުތީމުގައި މަޝްހޫރު ހަބޭސް ބޮޑުބެރު ގްރޫޕްގެ ޢީދު ޝޯވއެއް ދޭގޮތައް ހަމަޖެހިއްޖެއެވެ. އުތީމުގައި ހަބޭސް ބޮޑުބެރު ގްރޫޕްގެ ޝޯވއެއް ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު، އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު “ތިލަދުން’’ އަށް ވިދާޅުވީ، ހަބޭސް ގެ ޝޯވ އެއް އުތީމުގައި ބޭއްވޭގޮތްވުމީ އެރަށުގެ ޒުވާނުންނާއި ކުދިބޮޑު އެންމެން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވެގެން ދިޔުން ކަމަށެވެ. ރަޝީދު […]

އުތީމު އެންމެ އަލިގަދަ ތަރިއަކަށް މުޙައްމަދު ވިއާމް
Thiladhunmathi News

އުތީމު އެންމެ އަލިގަދަ ތަރިއަކަށް މުޙައްމަދު ވިއާމް

ތިލަދުންމަތީ އުތުރުބުރީ އުތީމް ކައުންސިލާއި އެރަށުގެ ޖަމިއްޔާއެއްކަމަށްވާ ވިންގާރސް ގުޅިގެން މި ރަމަޟާން މަހު ކުރިއަށް ގެންދިޔަ އުތީމް އެންމެ އަލިގަދަތަރި 1444، ޤުރުއާން މުބާރާތުގެ ފަޚުރުވެރި އެއްވަނަ މުޙައްމަދު ވިއާމް ހޯދައިފިއެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ތިން ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރުން އެންމެ މަތިން މާކްސް ހޯދާ ދިހަ ބައިވެރިންނަށް ދެވަނަ ބުރުން ޖާގަ ލިބޭއިރު، ދެވަނަ ބުރުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ފަސް ބައިވެރިންނަށް ފައިނަލުން ޖާގަ ލިބޭ […]

ޔާމީނަށް ކުރި ހުކުމްގެ ސަބަބުން ގައުމު ވެއްޓިފައި ވަނީ ފުން އަނދަވަޅަކަށް: އުތީމު ކައުންސިލް
Thiladhunmathi News

ޔާމީނަށް ކުރި ހުކުމްގެ ސަބަބުން ގައުމު ވެއްޓިފައި ވަނީ ފުން އަނދަވަޅަކަށް: އުތީމު ކައުންސިލް

ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވާފައިވާ ހުކުމްގެ ސަބަބުން ގައުމު ވެއްޓިފައި ވަނީ ފުން އަނދަވަޅަކަށް ހއ. އުތީމު ކައުންސިލުން ވިދާޅުވެއްޖެއެވެ. ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމާއިގުޅިގެން އުތީމު ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ރައީސް ޔާމީނަށް ކޮށްފައިވާ ޙުކުމަކީ މުޅި ދިވެހި އުއްމަތަށް ލިބިގެން ދިޔަ ނިކަމެތި ކަމެއް ކަމަށެވެ. އެ ހުކުމްގެ ސަބަބުން ގައުމު ވެއްޓިފައި ވަނީ ފުން […]

ރައީސް ޞާލިހާށް ރިޔާސީ އިންތިޚާބުގައި 20 ޕަސެންޓް ވޯޓް ވެސް ނުލިބޭނެ: އުތީމު ރައީސް
Raajje

ރައީސް ޞާލިހާށް ރިޔާސީ އިންތިޚާބުގައި 20 ޕަސެންޓް ވޯޓް ވެސް ނުލިބޭނެ: އުތީމު ރައީސް

އަންނަ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވާދަކުރެއްވިނަމަ ވެސް އެ އިންތިޚާބުގައި ވޯޓުލާ މީހުންގެ 20 ޕަސެންޓް ވޯޓުވެސް އެމަނިކުފާނަށް ނުލިބޭނެކަމަށް އުތީމު ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ. އިދިކޮޅު ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި އުތީމު ކައުންސިލް ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ ރަޝީދު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ރަޝީދު ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙަށް އެމަނިކުފާނު ”ބެސްޓް ފްރެންޑް” ރަ...

އަނެއްކާވެސް އުތީމު ތުނޑިން އާސާރީ ވަޅެއް ފެނިއްޖެ
Thiladhunmathi News

އަނެއްކާވެސް އުތީމު ތުނޑިން އާސާރީ ވަޅެއް ފެނިއްޖެ

ހއ. އުތީމު ހުޅަނގު ފަރާތު ތުނޑިން އާސާރީ ވަޅެއް ފެނިއްޖެ އެވެ. އެ ތުނޑިން އޮކްޓޯބަރު، 2021 ގައި ވެސް ވަނީ އާސާރީ ވަޅެއް ފެނިފައެވެ. އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު “ތިލަދުން”އަށް ވިދާޅުވީ، އުތީމު ހުޅަނގު ފަރާތު ތުނޑިން ނުވަތަ އުތީމު ދޫނި ތުނޑިން އާސާރީ ވަޅެއް ފެނިގެން އެކަމުގެ މައުލޫމާތު ލިބުނީ އިއްޔެ ކަމަށެވެ. އެ މައުލޫމާތު ލިބުމާއެކު ފަންނާއި، ސަގާފަތާބެހޭ ވުޒާރާއަށް އެކަން މިއަދު ހެނދުނު އެންގި ކަމަށް ރަޝީދު ވިދާޅުވިއެވެ. […]

އަންހެނުންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް އުތީމު ފިރިހެނުން ޝުއޫރުފާޅުކޮށްފި
Thiladhunmathi News

އަންހެނުންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް އުތީމު ފިރިހެނުން ޝުއޫރުފާޅުކޮށްފި

އަންހެނުންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް ހއ. އުތީމު ފިރިހެނުން އިއްޔެ ޝުއޫރު ފާޅުކޮށް ސައިކަލް ބުރެއް ބާއްވައިފިއެވެ. ނޮވެމްބަރު 25 އަކީ އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ބައިނަލް އަގްވާމީގޮތުން ފާހަގަ ކުރަމުން އަންނަ ދުވަހެވެ. މި ދުވަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް އިއްޔެ ފާހަގަކޮށްފައިވާއިރު، އަންހެނުންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް ހއ. އުތީމު ފިރިހެނުން ޝުއޫރު ފާޅުކުރަން ބޭއްވި ސައިކަލް ބުރު އޮތީ އިއްޔެ ހަވީރުއެވެ. އުތީމު ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ”ތިލަދުން” […]

ލައިފް ސްކިލް ޕްރޮގްރާމުން އެއްބައިވަންތަ ރަށެއް ގޮތުގައި ދެމި ތިބުމަށް އައު ހިތްވަރެއް ލިބުނު: އުތީމު ކައުންސިލް
Raajje

ލައިފް ސްކިލް ޕްރޮގްރާމުން އެއްބައިވަންތަ ރަށެއް ގޮތުގައި ދެމި ތިބުމަށް އައު ހިތްވަރެއް ލިބުނު: އުތީމު ކައުންސިލް

އުތީމު ކައުންސިލުން އިސްނަގައިގެން އެރަށުގައި ކުރިއަށް ގެންދިޔަ ލައިފް ސްކިލް ޕްރޮގްރާމުން އެރަށުގެ ރަށުވަންތަ ސިފަ ހިފަހައްޓައި، އެއްބައިވަންތަ ރަށެއްގެ ގޮތުގައި ތިބުމަށް އައު ހިތްވަރެއް ލިބިގެން ގޮސްފައިވާކަމަށް އުތީމު ކައުންސިލުން ވިދާޅުވެއްޖެއެވެ. މި ނޮވެމްބަރު މަހުގެ 10 އިން 12 އަށް އުތީމުގައި ކުރިއަށް ގެންދިޔަ މި ލައިފް ސްކިލް ޕްރޮގްރާމްގައި މައުލޫމާތު ފޯރުކޮށްދެއްވީ މި ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ މަސްއޫދު ޢަލީ އެވެ. އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ”ތިލަދުން” އަށް ވިދާޅުވީ، އ...