ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ބައިވެރިވާ އުތީމު ފުޓްސަލް ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ އެރަށަށް ނިސްބަތްވާ ރައްޔިތުންގެ ފަރާތުން ފައިސާގެ އެހީއެއް ދީފިއެވެ.

އުތީމު ކައުންސިލުން ވަނީ އެކަން ފާހަގަކޮށް، އެކަމުގައި އިސްކޮށް އުޅުނު އެރަށު ފީރޯޒްގެ އާދަމް ރަމީޒަށާއި، ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ އެރަށު ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.

Ad
rt

މީގެ އިތުރުން އުތީމު ފުޓްބޯޅަ ކްލަބްގެ ފަރާތުން ވެސް ވަނީ އެކަން ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ.

ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ އެރަށު ރައްޔިތުންގެ ފަރާތުން ވަނީ 26،000 ރުފިޔާ ހަދިޔާކޮށްފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި އުތީމު އެންމެފަހުން ކުޅެފައި ވަނީ އިހަވަންދޫ އާއި އެވެ. އުތީމާއި އިހަވަންދޫ ބައްދަލުކުރި ފޯރިގަދަ މެޗު ނިމިގެން ދިޔައީ 3-3 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

އުތީމަށް ކުޅުނު ދެ މެޗުން ރެއާއި ހަމައަށް 2 ޕޮއިންޓް ލިބިފައިވެއެވެ.

ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ އުތީމުގެ ރައްޔިތުންގެ ފަރާތުން މީގެ ކުރީން ވެސް އެރަށުގެ އިޖުތިމާއީ ކަންކަމަށް އެކިފަހަރުމަތިން އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.