މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އުތީމު ކައުންސިލް

95 Stories filed
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާއި އުތީމް ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2022” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ ހއ.އަތޮޅުގައި ހުރި ސަރުކާރުގެ އޮފީސްތަކަށާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ކޮންމެ ރަށަކުން ވެސް ބައިވެރި ވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ، އެ ރަށެއްގެ މުވައްސަސާއެއް ނުވަތަ މުވައްސަސާތަކުން ތަމްސީލްކުރާ އެއް ޓީމަށެ...

އުތީމުގައި ހިންގި ދަނޑުވެރިކަމާބެހޭ ތަމްރީން ޕްރޮގްރާމް ނިންމާލައިފި
Thiladhunmathi News

އުތީމުގައި ހިންގި ދަނޑުވެރިކަމާބެހޭ ތަމްރީން ޕްރޮގްރާމް ނިންމާލައިފި

ހއ. އުތީމުގައި ހިންގި ދަނޑުވެރިކަމާބެހޭ ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ. އުތީމު ކައުންސިލުން ވިދާޅުވިގޮތުގައި މި ތަމްރީން ޕްރޮގްރާމަކީ، މިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އެރަށުގައި ހިންގި ޕްރޮގްރާމެކެވެ. ދިހަ ދުވަހުގެ މުއްދަތައް ހިންގި މި ޕްރޮގްރާމް ނިންމުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ވަނީ މި ޕްރޮގްރާމް ފުރިހަމަ ކުރި 26 ބައިވެރިންނަށް ސެޓްފިކެޓް ދީފައެވެ. އުތީމު ކައުންސިލް ރައީސް އަބުދުﷲ ރަޝީދު ”ތިލަދުން” އަށް ވިދާޅުވީ، މި...

އުތީމު ފުޓުބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

އުތީމު ފުޓުބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ އުތީމު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތް ކޮށްދުނުމަށް އެދި ކުންފުނިތަކަށާއި، އަމިއްލަ ފަރުދުން ރަޖިސްޓްރީ ކޮށްގެން ހިންގާ ވިޔަފާރިތަކަށާއި ކުލަބް ޖަމިއްޔާތަކަށް ހުޅުވާލާފައިވާއިރު، މި މަސައްކަތް ކޮށްދިނުމަށް އެދި ހުށަހާޅާ ފަރާތުގެ ތަޢާރަފާއި މަޤުޞަދު ހުށަހަޅަން ޖެހެއެވެ. މިކަމާއި ގުޅިގެން ޔޫތު މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިޢުލާނުގައި މި މަސަ...

އުތީމުގައި ކުރިއަށް ގެންދިޔަ ހޭންޑް ބޯލް ތަމްރީން ޕްރޮގްރާމް ނިންމާލައިފި
Thiladhunmathi News

އުތީމުގައި ކުރިއަށް ގެންދިޔަ ހޭންޑް ބޯލް ތަމްރީން ޕްރޮގްރާމް ނިންމާލައިފި

ހއ. އުތީމުގައި ކުރިއަށް ގެންދިޔަ ހޭންޑް ބޯލް ތަމްރީން ޕްރޮގްރާމް ނިންމާލައި، ތަމްރީން ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. މި ތަމްރީން ޕްރޮގްރާމަކީ، އުތީމު ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި އަދި ހޭންޑް ވޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުން ފާސްވި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މި ޕްރޮގްރާމުން ފާސްވި 26 ބައިވެރިއަކަށް ސެޓ...

އުތީމުގައި ހޭންޑް ބޯލް ތަމްރީން ޕްރޮގްރާމެއް
Thiladhunmathi News

އުތީމުގައި ހޭންޑް ބޯލް ތަމްރީން ޕްރޮގްރާމެއް

ހއ. އުތީމުގައި ހޭންޑް ބޯލް ތަމްރީން ޕްރޮގްރާމެއް ހިންގަން ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ތަމްރީން ޕްރޮގްރާމަކީ، އުތީމު ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި އަދި ހޭންޑް ވޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދަން ނިންމާފައިވާ ޕްރޮގްރާމެކެވެ. މި ތަމްރީން ޕްރޮގްރާމްގައި އެރަށުގެ ދެ ޖިންސުގެ މީހުންނަށް ވެސް ބައިވެރިވެވޭނެ ކަމަށް އުތީމު ކައުންސިލުން ވިދާޅުވެއެވެ. މި އޯގަސްޓް މަހުގެ 11 އިން 20ގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމ...

ދިވެހި ފަސްގަނޑުގައި ހިންގޭ އިސްލާމްދީނާ ދެކޮޅު ހަރަކާތްތައް ހުއްޓުވުމުގައި ދެމިތިބޭނަން: އުތީމު ކައުންސިލް
Thiladhunmathi News

ދިވެހި ފަސްގަނޑުގައި ހިންގޭ އިސްލާމްދީނާ ދެކޮޅު ހަރަކާތްތައް ހުއްޓުވުމުގައި ދެމިތިބޭނަން: އުތީމު ކައުންސިލް

އުތީމު ޣާޒީ ބަންޑާރައިން (އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން)ގެ ޖިހާދުން ބާރުލިބިގެން ދިވެހި ފަސްގަނޑުގައި އިސްލާމްދީނާ ދެކޮޅަށް ހިންގޭ ކޮންމެ ޙަރަކާތެއް ހުއްޓުވުމުގައި ދެމިތިބޭނެ ކަމުގައި އުތީމު ކައުންސިލުން ހާމަކޮށްފިއެވެ. އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ އިސް ދެ އޮފިޝަލަކު ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރި މައްސަލަ ކުއްވެރިކޮށް ހއ. އުތީމު ކައުންސިލުގެ ފަސް މެންބަރުންގެ އިއްތިފާގުން ނެރުނު ބަޔާނެއްގައި، ދިވެހި ސަރުކާރުން...

"އުތީމު ކޮންމެ ގެއަކަށް ރުކެއް" ޕްރޮގްރާމް ފަށައިފި
Thiladhunmathi News

"އުތީމު ކޮންމެ ގެއަކަށް ރުކެއް" ޕްރޮގްރާމް ފަށައިފި

ހއ. އުތީމުގައި އެރަށު ކައުންސިލުން “އުތީމު މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ރުކެއް” ނަމުގައި ޕްރޮގްރާމް ފަށައިފިއެވެ. އުތީމު ކައުންސިލުން ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން އެރަށުގައި ވެސް ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ކަމަށެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ ހަރަކާތަކީ “އުތީމު މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ރުކެއް” ނަމުގައި ފެށުނު ޕްރޮގްރާމް ކަމަށް ވިދާޅުވިއެވެ. އުތީމު ކައުންސިލް ރައީސް ޢަބުދުﷲ ރަޝީދު “ތިލަދުން” އަށް ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން އިފްތި...

އުތީމުގައި ކުނިމެނޭޖުކުރާ މަރުކަޒެއް އިމާރާތް ކޮއްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

އުތީމުގައި ކުނިމެނޭޖުކުރާ މަރުކަޒެއް އިމާރާތް ކޮއްދޭނެ ފަރާތެއް ހޯދަނީ

ހއ. އުތީމުގައި ކުނިމެނޭޖުކުރާ މަރުކަޒު އިމާރާތް ކޮއްދޭނެ ފަރާތެއް ހޯދުމަށް އުތީމު ކައުންސިލުން އިއުލާން ކޮށްފިއެވެ. އެކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިމަސައްކަތާއި ގުޅިގެން މައުލޫމާތު ސާފުކުރުން އޮންނާނީ 6 އޭޕްރީލް 2022 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00 ގައި އެކައުންސިލްގެ ކޮންފަރެންސް ރޫމްގައެވެ. އަންދާސީ ހިސާބު ހުށައެޅުމަށް ހަމަޖެހިފައިވަނީ 08 މޭ 2022 ވާ އާދިއްތަ ދު...

އުތީމް ކައުންސިލްގެ ޤުރުއާން މުބާރާތް މާދަމާ ފަށަނީ
Thiladhunmathi News

އުތީމް ކައުންސިލްގެ ޤުރުއާން މުބާރާތް މާދަމާ ފަށަނީ

ހއ. އުތީމް ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ، އެ ކައުންސިލްގެ ހަތްވަނަ ޤުރުއާން މުބާރާތް މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ. ކުރިން މިއަދު ފަށަން ނިންމާފައިވާ މި މުބާރާތް މާދާމާއަށް ފަސް ކުރެވިފައިވާ ކަމަށް އުތީމު ކައުންސިލުން ވިދާޅުވެއެވެ. މި މުބާރާތް ފަށާނީ މާދަމާ ހެނދުނު 9:00 ޖަހާއިރު ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގައެވެ. މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބި ޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު ދިރުވައި...

އުތީމު ކައުންސިލުން އެރަށު ސްކޫލް މުދައްރިސުންނަށް ބޮޑު އެހީތެރިކަމެއް
Thiladhunmathi News

އުތީމު ކައުންސިލުން އެރަށު ސްކޫލް މުދައްރިސުންނަށް ބޮޑު އެހީތެރިކަމެއް

ހއ. އުތީމު ކައުންސިލްގެ ފަރާތުން އެރަށު ޣާޒީ ބަންޑާރައިން ސްކޫލްގެ މުދައްރިސުންނަށް ބެންޗް އޭރިއާއެއް ޤާއިމް ކޮށްދީފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އުތީމް ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މިމަސައްކަތަކީ 4 ވަނަ ދައުރު ފެށުނީއްސުރެ އެކައުންސިލްއިން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަސައްކަތެއް ކަމަށެވެ. ނަމަވެސް ކޯވިޑްގެ ހާލަތާއި ގުޅިގެން މަސައްކަތް ފެށުން ލަސްވެފައިވީ ކަމަށް ރަޝީދު ފާހަގަ ކުރެއްވިއެވެ. އެގޮތުން 35000 ރުފިޔާގެ ބަޖެޓްއަކާއިއެކު މިމަސައްކަތް އެއްކޮށް ނިންމާލާ...

މިއަހަރުގެ "އުތީމު ބަދަހި ދަތުރު" ނިންމާލައިފި
Thiladhunmathi News

މިއަހަރުގެ "އުތީމު ބަދަހި ދަތުރު" ނިންމާލައިފި

ހއ. އުތީމުގެ 30 އަހަރުން މަތީގެ ފިރިހެނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ “އުތީމު ބަދަހި ދަތުރު” ގެ މިއަހަރުގެ ދަތުރު މިއަދު ނިންމާލައިފިއެވެ. މިއަދު މިދަތުރު ފަށާފައި ވަނީ ހެނދުނު 07:30 ގައި އެވެ. ދަތުރު ނިންމާލާފައި ވަނީ ހަވީރު 16:30 ގައެވެ. ކޮންމެ އަހަރަކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިދަތުރު 2020 ވަނަ އަހަރުވެސް ވަނީ ކުރިއަށް ގެންގޮއްސައެވެ. ނަމަވެސް 2021 ވަނަ އަހަރުގެ ކޯވިޑްގެ ހާލަތުގެ ސަބަބުން މިދަތުރު ކުރިއަށް ގެންގޮސްފައި ނުވެއެވެ. ކުރީ […]

ދަނޑުވެރިކަމަށް އުތީމުން 40 ބިން ދޫކުރަނީ
Raajje

ދަނޑުވެރިކަމަށް އުތީމުން 40 ބިން ދޫކުރަނީ

ދަނޑުވެރިކަމަށް ޝައުގުވެރިލައްވާ ފަރާތްތަކަށް 40 ދަނޑުބިން ދޫކުރުމަށް ހއ. އުތީމު ކައުންސިލުން ނިންމައިފިއެވެ. އެރަށު ކައުންސިލުން ބުނެފައިވާ ގޮތުގައި ދަނޑުބިން ތަކަށް އެދިލައްވަން ބޭނުންވާ ފަރާތްތަކުން ފުރަންޖެހޭ ފޯމް މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން އެއިދާރާއިން ލިބެން ހުންނާނެއެވެ. އަދި އެފަރާތްތަކުން ފޯމު ހުށައެޅުމަށް ހަމަޖެހިފައިވަނީ އަންނަ ފެބުރުއަރީ މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިންނެވެ. އެކައުންސިލުން ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓަށްވުރެ ބޮޑުނުވާ ގޮތަށ...

އުތީމު ކައުންސިލްގެ ސިއްކަ ފަރުމާކުރުމުގެ ފުރުސަތު، އެންމެ މޮޅު ފަރުމާއަކަށް ފައިސާގެ އިނާމެއް
Thiladhunmathi News

އުތީމު ކައުންސިލްގެ ސިއްކަ ފަރުމާކުރުމުގެ ފުރުސަތު، އެންމެ މޮޅު ފަރުމާއަކަށް ފައިސާގެ އިނާމެއް

ހއ. އުތީމު ކައުންސިލް އިދާރާގެ ސިއްކަ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އެކައުންސިލުން އިއުލާންކޮށްފިއެވެ. އެކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން ސިއްކަ ފަރުމާކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންނަ ފެބުރުއަރީ މަހުގެ 2 ވަނަ ދުވަހު މެންދުރުފަހު 14:00 ގެ ކުރިން އެ އިދާރާގެ މެއިލް އެޑްރެސް info@utheem.gov.mv އަށް ސިއްކަ ފަރުމާކުރުމަށްފަހު މެއިލް ކުރުމަށް އެކައުންސިލުން ވަނީ އެދިލައް...

އުތީމު ގައި ވޮލީބޯޅަ ޓްރެއިނިން ކޭމްޕެއް ފަށައިފި
Thiladhunmathi News

އުތީމު ގައި ވޮލީބޯޅަ ޓްރެއިނިން ކޭމްޕެއް ފަށައިފި

ހއ. އުތީމުގެ ޒުވާނުންނަށް އަމާޒުކޮށްގެން އެރަށުގައި ވޮލީބޯލް ޓްރެއިނިންގެ ކޭމްޕެއް ފަށައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ އިއްޔެ ފަށާފައިވާ މި ކޭމްޕަކީ ހއ އަތޮޅު ގެ ފުލުހުންގެ އެހީތެރިކަމާއި އެކު ފަށާފައިވާ ކޭމްޕެއް ކަމަށެވެ. އެގޮތުން 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޭމްޕް ގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށް އެ ކައުންސިލުން ވަނީ […]

އުތީމު ތުނޑިން ފެނުނު ވަޅާ ގުޅޭ ސާވޭއެއް ފަށައިފި
Thiladhunmathi News

އުތީމު ތުނޑިން ފެނުނު ވަޅާ ގުޅޭ ސާވޭއެއް ފަށައިފި

ހއ. އުތީމު ދޫނިތުނޑި ސަރަހައްދުން މިދިޔަ ބުދަ ދުވަހު ފެނިފައިވާ އާސާރީ ކަމަށް ބެލެވޭ ވަޅާ ގުޅޭ ސާވޭއެއް ފަށައިފިއެވެ. އުތީމް ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު “ތިލަދުން”އަށް ވިދާޅުވީ މި ވަޅާއި ބެހޭގޮތުން ދިރާސާ ކުރުމަށް މެރިޓައިމް އޭޝިޔާ ހެރިޓޭޖްގެ ޓީމެއް މިހާރު އެރަށުގައި ހަރަކާތްތެރިިވަމުން ދާ ކަމަށެވެ. މި ޓީމްގެ މަސައްކަތް އިއްޔެ ފަށާފައިވާއިރު، މިހާތަނަށް ބެލި ބެލުމުން އެވަޅަކީ އާސާރީ ވަޅެއް ކަމަށް އެބޭފުޅުން އިއްތިފާގުވެ ލައްވާފައިވާ ކަމަށްވެސް ރަޝީދު ވިދާޅުވިއެވެ. ރަޝީދު ވިދާޅުވީ ވަޅުގެ ފ...