Skip to main content
Topic Archive

#އެމްއެންޑީއެފް

522 Stories filed
ޖުމްހޫރީ މައިދާނުން ގޮތްނޭނގޭ ދަބަހެއް ފެނިގެން ސިފައިން ހަރަކާތްތެރި ވާންފަށައިފި
Raajje

ޖުމްހޫރީ މައިދާނުން ގޮތްނޭނގޭ ދަބަހެއް ފެނިގެން ސިފައިން ހަރަކާތްތެރި ވާންފަށައިފި

ޖުމްހޫރީ މައިދާނުން ގޮތްނޭނގޭ ދަބަހެއް ފެނިގެން އެއީ ކޮންއެއްޗެއްތޯ ބެލުމަށް ސިފައިން ހަރަކާތްތެރިވަމުން ދާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އެމްއެންޑީއެފުން ބުނީ ޖުމްހޫރީ މައިދާނުން ގޮތްނޭނގޭ ދަބަހެއް ފެނިގެން އެއީ ކޮންއެއްޗެއްތޯ ބެލުމަށް ސިފައިން ހަރަކާތްތެރިވަމުން ދާކަމަށެވެ. އެސަރަހައްދަކީ ގިނައަދަދެއްގެ ރައްޔިތުން ޖަމާވާ ސަރަހައްދެއްކަމުން އެފަދަ އެއްޗެއް ފެނުމުން ސަލާމަތީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބަލަން ޖެހޭ ކަންކަން ބަލަމުން ދާކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ. ޖުމްހޫރީ މައިދ...

މަސް ހިފަން ފޭބި މީހަކު ކަނޑުއަޑީގައި މަރުވެފައި އޮއްވައި ފެނިއްޖެ
Raajje

މަސް ހިފަން ފޭބި މީހަކު ކަނޑުއަޑީގައި މަރުވެފައި އޮއްވައި ފެނިއްޖެ

އެނބޫދޫ ފަރުމައްޗަށް މަސް ހިފަން ފޭބި މީހަކު ގެއްލިގެން ހޯދަމުންދަނިކޮށް، ކަނޑުއަޑީގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ، އޭނާ ފެނުނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން އޭނާ ހޯދަމުންދަނިކޮށް ކަނޑުގެ އަޑިން ކަމަށެވެ. އެމްއެންޑީއެފްއިން ހާމަ ކުރާ ގޮތުގައި މަރުވެފައި ވަނީ ސްޓާފް ސާޖަންޓް ޔައުޤޫބު އަޙްމަދު ގދ. ހޯޑެއްދޫ / ބާދީގެ އުމުރުން 34 އަހަރެވެ. އޭނާ އަކީ، ޖެވެއިލިން އުކުމުގެ ގައުމީ ޗެމްޕިއަނެއްގެ އިތުރުން މީގެ ކުރިން ގަ...

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި
Raajje

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޑިފެންސް އިން އާއްމުކޮށް ހުޅުވާލައިފިއެވެ. ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު ހުޅުވާލައްވާފައިވަނީ ޑިފެންސް މިނިސްޓްރީން މިއަދު ކުރި (ނަންބަރު: (IUL 28-PM-1/1/2020/13 އިޢުލާނުންނެވެ. ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއް ކަމުގައިވުމާއި، ދަށްވެގެން ޖީސީއީ އޯ ލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމާއި، އުމުރުން 18 އަހަރު ފުރި 25 އަހ...

ބޮމްބް ޑިސްޕޯސަލް ޓްރޭނިންގ ކޯހުގެ ދަސްވެނިވުން ބާއްވައިފި
Raajje

ބޮމްބް ޑިސްޕޯސަލް ޓްރޭނިންގ ކޯހުގެ ދަސްވެނިވުން ބާއްވައިފި

އެމްއެންޑީއެފުން ހިންގި “ބޮމްބް އެންޑް އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް ޑިސްޕޯސަލް ޓްރޭނިންގ އެޑްވާންސް ކޯސް” ގެ ދަސްވެނިވުން މިއަދު ބާއްވައިފިއެވެ. ނުވަ އަހަރުގެ މެދުކެނޑުމަކަށްފަހު ހިންގި ބޮމްބް އެންޑް އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް ޑިސްޕޯސަލް ޓްރޭނިންގ އެޑްވާންސް ކޯސް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވަނަވަނަވައަށް ހޮވުނު ފަރާތްތަކާއި ކޯސް ފުރިހަމަ ކުރި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ކޮމާންޑަރ އިންޖިނިއަރ ބްރިގޭޑް އޮފް ސްރީލަންކާ، ބ...

ގިރާވަރުގެ އުތުރުން ކަނޑުން ބޯޓެއް އޮޔާދަނީ، ދަތުރުކުރައްވާ އުޅަނދުތަކުން ސަމާލުވުމަށް އިލްތިމާސް ކޮށްފި
Raajje

ގިރާވަރުގެ އުތުރުން ކަނޑުން ބޯޓެއް އޮޔާދަނީ، ދަތުރުކުރައްވާ އުޅަނދުތަކުން ސަމާލުވުމަށް އިލްތިމާސް ކޮށްފި

ކ. ގިރާވަރުގެ އުތުރު ކަނޑުން “ބަރޯސާ” ނަމަކަށް ކިޔާ ބޯޓެއް އޮޔާދާތީ، އެ ސަރަޙައްދުން ދަތުރުކުރައްވާ ކަނޑު އުޅަނދުތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފި އެވެ. އެއްވެސް މީހެއް ނެތި މި ބޯޓު އޮޔާދާކަމުގެ މަޢުލޫމާތު، އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު ހަވީރު 16:00 ހާއިރުއެވެ. އެމްއާރުސީސީއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓް އޮޔާދަނީ ކ.ގިރާވަރު ކަނޑުން ހުޅަނގަށެވެ. އެހެންކަމުން، އެ ސަރަހައްދުނ...

ލަންކާގެ މަސްބޯއްޓެއް އިންޖީނު ހުއްޓި ދިއްފުއްޓާއި ދިމާ ބޭރުން އޮޔާދަނީ
Raajje

ލަންކާގެ މަސްބޯއްޓެއް އިންޖީނު ހުއްޓި ދިއްފުއްޓާއި ދިމާ ބޭރުން އޮޔާދަނީ

އިންޖީނު ހުއްޓިގެން ހާލުގައި ޖެހިފައިވާ ލަންކާގެ މަސްބޯޓެއް ދިއްފުއްޓާއި ދިމާ ބޭރުން އޮޔާދާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ. އެމްއެންޑީއެފްއިން އިތުރަށް ބުނީ މިހާރު އެމްއެންޑީއެފްގެ ކޯސްޓް ގާރޑްގެ، ލޯންޗްއެއް އެ ބޯޓް އަށް އެހީތެރިކަން ފޯރު ކޮށްދެމުންދާކަމަށާއި އެބޯއްޓުގައި 6 މީހުން ތިބިކަމަށާއި އެންމެންގެ ހާލު ރަނގަޅުކަމަށެވެ. K. Dhiffushi ge iru-uthurun 58 NM beyrun Lanka ge masboat eh engine hutti oyaadhaa kamuge mauloomaathu libumaa gulhigen MNDF Male' Area Coast […]

ކުޑަ ކުއްޖާކާއި ބެހިގެން ހައްޔަރު ކުރި ސިފައިިިންގެ މީހާ ސަސްޕެންޑްކޮށްފި
Raajje

ކުޑަ ކުއްޖާކާއި ބެހިގެން ހައްޔަރު ކުރި ސިފައިިިންގެ މީހާ ސަސްޕެންޑްކޮށްފި

ޖިންސީ ގޯނާ ކޮށް ބްލެކްމެއިލް ކުރުމާއެކު 14 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ސިފައިންގެ މީހާ ވަނީ ސަސްޕެންޑްކޮށްފައި ކަމަށް އެމްއެންޑީއެފުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފިއެވެ. ސިފައިންގެ ދެމީހަކު 15 އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރަކު ވިދާޅުވުމާއި ގުޅިގެން އެ މެމްބަރު އެވިދާޅުވަނީ ކޮން ސިފައިންގެ މީހެއްގެ ވާހަކަތޯ ހޯދަން އެ ޢިއްޒަތްތެރި މެމްބަރުގެ އަރިހުންއެދުނީމެވެ. އެ ސިފައިންގެ 2 މީހުންނަކީ ކޮން ބައެއްކ...

ޔޮޓެއްގެ ޑިންގީއެއް ގެއްލިގެން ހޯދަނިކޮށް ފެނިއްޖެ
Raajje

ޔޮޓެއްގެ ޑިންގީއެއް ގެއްލިގެން ހޯދަނިކޮށް ފެނިއްޖެ

ބ. ކުޑަރިކިލު ކައިރިން ދަތުރު ކުރަމުން ދިޔަ ޔޮޓެއްގެ ޑިންގީއެއް ގެއްލިގެން އެމްެންޑީއެފް އިން އެ ޑިންގީ ހޯދަމުން ދަނިކޮށް ފެނިއްޖެއެވެ. މިޑިންގީ ފެނިފައިވަނީ މިއަދު 11:19 ގައި ބ. މަދިރިވާދޫ ކައިރިން ނޯޓިލަސް ރިސޯޓުގެ އުޅަދަކަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ގެއްލިގެން ހޯދާފައިވަނީ ބ. ކުޑަރިކިލު ކައިރިން ދަތުރު ކުރަމުން ” މިސް ސްކައި” ނަމަކަށްކިޔާ ޔޮޓެއްގެ ޑިންގީ އެކެވެ. އެ ޑިންގީ ހޯދުމަށް އެމްެންޑީއެފްގެ ނޯދަން އޭރިއާގެ ކޯސްޓް ގާޑުންވަނީ ހަރަކާތްތެރި ވެފައެވެ. އެކަން […]

Raajje

މުޑިއެރި ޑިންގީ ކަނޑު އަޑިން ފެނިއްޖެ

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބ. ދޮންފަނާއި، ބ، ހަނިފަރާ ދެމެދުން ދަތުރުކުރަމުންދިޔަ ދޯންޏަކާއި، ޑިންގީއެއް މުޑިއެރި ހާދިސާގައި އަޑިއަށް ދިޔަ ޑިންގީ ކަނޑުއަޑިން ފެނިއްޖެއެވެ. އެމްއެންޑީއެފް އިން ބުނީ އެކްސިޑެންޓުވި ޑިންގީ ފެނިފައި ވަނީ ދޮންފަނާއި އެ އަތޮޅު އަނގަފަރާ ދެމެދުން، ކަނޑުގެ 40 މީޓަރު އަޑީގައި އޮއްވާ ކަމަށެވެ. Launch akaai Dinghy eh jehi B. Dhonfanu kairin hin'gi accident gai gellunu Dinghy, B. Dhonfanu adhi B. Angafaru […]

Raajje

ޑިންގީއިން ގެއްލުނު މީހާ އަދިވެސް ނުފެނޭ

ބ. ދޮންފަނާއި އެއަތޮޅު ހަނިފަރާ ދެމެދު ދަތުރު ކުރަމުން ދިޔަ ލޯންޗެއް އެ ސަރަހައްދުގައި މަސްވެރިކަމަށް މަަޑުކޮށްގެން އޮތް ޑިންގީއެއްގައި ޖެހި ރޭ ހިނގި އެކްސިޑެންޓުގައި، ޑިންގީއިން ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް ކޯސްޓް ގާޑުން މިއަދު ބުނެފި އެވެ. އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބިފައިވަނީ ރޭގެ 19:06 އެހާކަންހާއިރުއެވެ. އެ އެކްސިޑެންޓްގައި ގެއްލިފައި ވަނީ، ބ. އޭދަފުށީ މުޝްތަރީގޭ، ނަސްރުﷲ އަބްދުﷲ، 41 އ. އެވެ. ރޭ ކަނޑުމަތީ އެކްސިޑެންޓެއް ހިނގައި […]

އެއާޕޯޓުތަކުގެ ސެކިއުރިޓީ ވެސް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި
Raajje

އެއާޕޯޓުތަކުގެ ސެކިއުރިޓީ ވެސް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި

ރާއްޖޭގެ އެއާޕޯޓުތަކުގެ ސެކިއުރިޓީ ވެސް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ސިފައިންގެ އެލާޓް ލެވެލް ވަނީ އާދައިގެ ލެވަލް އަށްވުރެ “އެއް ލެވެލް” މަތިކުރެވިފައި ކަމަށާއި މިއީ ފަހަރެއްގައި ވެސް ކަނޑައެޅިގެން ވަކި ނުރައްކަލެއް ނުވަތަ ތްރޭޓެއް އޮވެގެން އެޅި ފިޔަވަޅެއް ނޫން ކަމަށެވެ. “އެލާޓް ސްޓޭޓަސް މަތިކުރީ ދުރާލާ ރައްކާތެރި ފިޔަވަޅުތައް އިތުރުކުރުމަށް. އަދި އެއާޕޯޓްތަކުގެ ސެކިއުރިޓީ ވެސް ވަނީ އިތުރަށް މަތިކުރެ...

Raajje

ޤައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް "ޔެލޯ 2"އަށް މަތިކޮށްފި

ޤައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް “ޔެލޯ 2” އަށް މަތިކޮށް، ، މިރޭ 7:00 އިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވަމުންދާނެ ކަމަށް ބަޔާންކޮށް ބަޔާނެއް އާންމު ކޮށްފިއެވެ. https://twitter.com/rivetment/status/1209472932369465344?s=20 އެބަޔާނުގައި ވަނީ އެފިޔަވަޅާއި ގުޅިގެން ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ޗެކްކުރަމުން ގެންދެވޭނެކަމަށާއި، މިކަމަކީ ޤައުމުގެ މަސްލަހަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަމެއްކަމަށް ވުމާއި...

3 ކުޑަކުދިންނާއިއެކު ދަތުރުކުރި ޑިންގީއެއްގެ ޚަބަރެއް ނުވެގެން ހޯދަނީ
Raajje

3 ކުޑަކުދިންނާއިއެކު ދަތުރުކުރި ޑިންގީއެއްގެ ޚަބަރެއް ނުވެގެން ހޯދަނީ

އދ.މާމިނގިލިން ފުރައިގެން ފ.ފީއައްޔަށް ދަތުރުކުރި ޑިންގީއެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު  ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު 16:53 ހާއިރުއެވެ. މި ހާދިސާގައި ޚަބަރެއް ނުވެގެން ހޯދަމުންދާ ޑިންގީގައި ތިބީ ފިރިހެނަކާއި 3 ކުޑަކުދިން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. “ގެއްލުނު ޑިންގީގައި 18 އަހަރުން ދަށުގެ ތިން ކުދިންނާއި ބޮޑު މީހަކު އިންކަމަށް މައުލ...

އެމްއެންޑީއެފްއިން ދުވާފަރުގައި ހިންގި މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި
Raajje

އެމްއެންޑީއެފްއިން ދުވާފަރުގައި ހިންގި މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި

އެމްއެންޑީއެފް ނޮދަން އޭރިއާއިން ރ.ދުވާފަރުގައި ހިންގި މޫދު ކަސްރަތު ޕްރޮގްރާމް “ދުޅަހެޔޮ ހަށިހެޔޮ” ނިމާލައިފިއެވެ. މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ދުވާފަރުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑަރ ކާނަލް އިސްމާޢީލް ޝަރީފެވެ. މި ރަސްމިއްޔާތުގައި ޕްރޮގްރާމް ފުރިހަމަ ކުރި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާގައި މަސައްކަތްކުރައްވާ އޮފިސަރުންނެވެ. މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާން ކާނަލް އިސްމާޢީލް ޝަރީފް ވަނީ...

ކުޅުދުއްފުށީ ހޮސްޕިޓަލުގައި އޮތް ތުއްތު ކުއްޖަކު ހާލުބޮޑުވެ އިތުރު ފަރުވާއަށް ހެލިކޮޕްޓަރުގައި މާލެ ގެންނަނީ
Thiladhunmathi News

ކުޅުދުއްފުށީ ހޮސްޕިޓަލުގައި އޮތް ތުއްތު ކުއްޖަކު ހާލުބޮޑުވެ އިތުރު ފަރުވާއަށް ހެލިކޮޕްޓަރުގައި މާލެ ގެންނަނީ

ކުޅުދުއްފުށީ ހޮސްޕިޓަލުގައި އޮތް ތުއްތު ކުއްޖަކު ހާލުބޮޑުވެ އިތުރު ފަރުވާއަށް ހެލިކޮޕްޓަރުގައި މާލެ ގެނައުމިގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ. އެމްއެންޑީއެފް އިން ބުނީ ކުޅުދުފުށި ހޮސްޕިޓަލް ގައި ފަރުވާދެމުން ދިޔަ ނިއުބޯން ބޭބީ އެއް ހާލުބޮޑުވެ، އިތުރު ފަރުވާ އަށް އެމްއެންޑީއެފް ހެލިކޮޕްޓަރު ގައި މާލެ ގެންނަ ކަމަށާއި ވެލާނާ އިންޓަރނޭޝަނަލްގައި ހެލިކޮޕްޓަރ ލޭންޑް ކުރުމަށް ހަމަޖެހިފައި ވަނީ15:00 ގައި ކަމަށެވެ.