ބ. ދޮންފަނާއި އެއަތޮޅު ހަނިފަރާ ދެމެދު ދަތުރު ކުރަމުން ދިޔަ ލޯންޗެއް އެ ސަރަހައްދުގައި މަސްވެރިކަމަށް މަަޑުކޮށްގެން އޮތް ޑިންގީއެއްގައި ޖެހި ރޭ ހިނގި އެކްސިޑެންޓުގައި، ޑިންގީއިން ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް ކޯސްޓް ގާޑުން މިއަދު ބުނެފި އެވެ.

އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބިފައިވަނީ ރޭގެ 19:06 އެހާކަންހާއިރުއެވެ. އެ އެކްސިޑެންޓްގައި ގެއްލިފައި ވަނީ، ބ. އޭދަފުށީ މުޝްތަރީގޭ، ނަސްރުﷲ އަބްދުﷲ، 41 އ. އެވެ.

Ad
rt

ރޭ ކަނޑުމަތީ އެކްސިޑެންޓެއް ހިނގައި ގެއްލިގެން ހޯދަމުންދާ މީހާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފް އިން ބުނީ ގެއްލުނު މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓް ކާޑުގެ އެފްއައިސީ ފާމުލަދޭރި އާއި އެމްއެންޑީއެފްގެ ޑައިވަރުން ހުއްޓުމެއްނެތި ހަރަކާތްތެރި ވަނުން ދާކަމަށެވެ. އަދި އެ އޮޕަރޭޝަންގައި ކޯސްޓް ގާޑްގެ އުޅަނދު ޝަހީދު އަލީ ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

ކަނޑުގެ އަޑި ބެލުމަށް ގިނަ އަދަދެއްގެ ޑައިވަރުންނާއި އެކު ޑައިވް ރޮބަޓް ވެސް މިހާރު ބޭނުން ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އަދި ގެއްލުނު މީހާގެ އެއްވެސް ނިޝާނެއް ފެނޭތޯ ހެލިކޮޕްޓަރު ބޭނުންކޮށްގެން ވެސް ކަނޑުގެ ސަރަހައްދު ބަލަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފް އިން ހާމަ ކުރައްވައެވެ.

އެމްއެންޑީއެފްއިން ބުނި ގޮތުގައި ގެއްލުނު މީހާ ހޯދުމަށް، އެމްއެންޑީއެފްގެ ހުރިހާ ވަސީލަތްތަކެއް ބޭނުން ކުރާނެ އެވެ.

އެ ސަރަހައްދުގައި އޮންނަ ޑުސިޓް ތާނީ ރިސޯޓުން ޑައިވިން ޓީމަކާއި ދަރަވަންދޫއިން ޑައިވިން ޓީމެއް ވެސް އެ އޮޕަރޭޝަންގައި އަންނަނީ ބައިވެރިވަމުން އެވެ. ޖުމްލަ 15 އުޅަނދަކުން ނަސްރުﷲ ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ރޭ އެމްއެންޑީއެފްއިން ހާމަކޮށްފައެއެވެ.