ބ. ކުޑަރިކިލު ކައިރިން ދަތުރު ކުރަމުން ދިޔަ ޔޮޓެއްގެ ޑިންގީއެއް ގެއްލިގެން އެމްެންޑީއެފް އިން އެ ޑިންގީ ހޯދަމުން ދަނިކޮށް ފެނިއްޖެއެވެ.

މިޑިންގީ ފެނިފައިވަނީ މިއަދު 11:19 ގައި ބ. މަދިރިވާދޫ ކައިރިން ނޯޓިލަސް ރިސޯޓުގެ އުޅަދަކަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Ad
rt

ގެއްލިގެން ހޯދާފައިވަނީ ބ. ކުޑަރިކިލު ކައިރިން ދަތުރު ކުރަމުން " މިސް ސްކައި" ނަމަކަށްކިޔާ ޔޮޓެއްގެ ޑިންގީ އެކެވެ.

އެ ޑިންގީ ހޯދުމަށް އެމްެންޑީއެފްގެ ނޯދަން އޭރިއާގެ ކޯސްޓް ގާޑުންވަނީ ހަރަކާތްތެރި ވެފައެވެ. އެކަން ރިޕޯޓް ކޮށްފައިވަނީ ހެނދުނު 7:15 ގައި ކަމަށް އެމްެންޑީއެފް އިން ބުނެއެވެ.

ފަހަކަށް އައިސް ދަނީ ކަނޑުމަތީގެ އެކި ކަހަލަ ހާދިސާތައް ހިނގަމުންނެވެ.

ދާދި ފަހުން ބ. ދޮންފަނާއި، ބ، ހަނިފަރާ ދެމެދުން ދަތުރުކުރަމުންދިޔަ ދޯންޏަކާއި، ޑިންގީއެއް މުޑިއެރި ހާދިސާގައި އަޑިއަށް ދިޔަ ޑިންގީ އެމްއެންޑީއެފް އިން ވަނީ ކަނޑުއަޑިން ނަގައިފިއެވެ.

އެމްއެންޑީއެފް ޑްރައިވަރުން އެ ޑިންގީ ނަގާފައިވަނީ ބ. ދޮންފަނު ހުޅަނގުން 0.5 ނޯޓިކަލް މޭލް ބޭރުން 46 މީޓަރު އަޑިންނެވެ.