އދ.މާމިނގިލިން ފުރައިގެން ފ.ފީއައްޔަށް ދަތުރުކުރި ޑިންގީއެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު 16:53 ހާއިރުއެވެ. މި ހާދިސާގައި ޚަބަރެއް ނުވެގެން ހޯދަމުންދާ ޑިންގީގައި ތިބީ ފިރިހެނަކާއި 3 ކުޑަކުދިން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
“ގެއްލުނު ޑިންގީގައި 18 އަހަރުން ދަށުގެ ތިން ކުދިންނާއި ބޮޑު މީހަކު އިންކަމަށް މައުލޫމާތު ލިބިފައިވޭ”
ފުލުހުން ބުނެފައިވެއެވެ.
ކުޑަ އެ ކުދިންގެ އުމުރުތަކަކީ 09، 11 އަދި 13 އަހަރެވެ.
Adh.Maamingilin furaigen F.Feeali ah dhathurukuri 20ft ge dinghy ehge habareh nuvegen MNDF MA CG Squadron in harakaaiytherivaan fashaifi. Mi haadhisaage mauloomaathu libifaivanee miadhu 16:53 haairu. Mi Dinghy gai thibee firihenakaai 3 kudakudhin kamah mauloomaathu vanee libifa. pic.twitter.com/SpmYL9J0Y8
— Maldives National Defence Force (@MNDF_Official) December 20, 2019
އަދި މި ޑިންގީއަކީ ދިގުމިނުގައި 20 ފޫޓު ހުރި، ފިޔާތޮށި ކުލަ ލާފައިވާ ޑިންގީއެކެވެ. މި ޑިންގީ އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސް ނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުން އެދެމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!