މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އެމްއެންޑީއެފް

526 Stories filed
ގައުމީ ދިފާއީ ބާރުން ކޯވިޑް-19 ގެ ހަރަދުތައް ކުރީ ރަނގަޅަށް: އޮޑިޓް
Raajje

ގައުމީ ދިފާއީ ބާރުން ކޯވިޑް-19 ގެ ހަރަދުތައް ކުރީ ރަނގަޅަށް: އޮޑިޓް

ކޯވިޑް-19 އާ ގުޅިގެން ގައުމީ ދިފާއީބާރު، އެމްއެންޑީއެފް އިން ހަރަދުކޮށްފައި ވަނީ ރަނގަޅަށް ކަމަށް އެކަމާ ގުޅޭ ގޮތުން ހެދި އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ. އޮޑިޓާ ޖެނަރަލް އޮފީހުން ނެރުނު އެމްއެންޑީއެފްގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން އެ މުއައްސަސާއިން ހަރަދު ކުރަން ކަނޑައަޅާފައި ވަނީ 17 މިލިއަން ރުފިޔާ ކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް ހަރަދުކޮށްފައި ވަނީ 5.2 މިލިއަން ރުފިޔާ ކަމަށާއި ބާކީ 11.8 މިލިއަން ރުފިޔާ ހުރި […]

ޖަޕާނުން ރާއްޖެއަށް 2.8 މިލިއަން ޑޮލަރުގެ އެހީއެއް!
Raajje

ޖަޕާނުން ރާއްޖެއަށް 2.8 މިލިއަން ޑޮލަރުގެ އެހީއެއް!

ޖަޕާނު ސަރުކާރުގެ ފަރާތުން ރާއްޖެއަށް 2.8 މިލިއަން ޑޮލަރުގެ އަގު ހުރި ސާމާނުގެ އެހީއެއް ދީފި އެވެ. މިއަދު ހުޅުމާލޭ ކޯސްޓްގާޑު ބަނދަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާނުގެ އެހީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހަވާލު ކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޮ ޔަނައި އެވެ. ޖަޕާނުން މިއަދު ހަދިޔާކުރި ސާމާނަކީ މެރިޓައިމް ޕޮލިއުޝަން ރެސްޕޯންސް ވަރުގަދަ ކުރުމަށް ބޭނުންވާނެ ސާމާނުގެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެހީގެ ގޮތުގައި ލިބުނު ސާމާނަކީ 2018 […...

މަސްވެރިކަމަށް ގޮސް އުޅުނު ދޯންޏެއް ރަކީދޫ ކައިރީ ފަރަކަށް އަރައިފި
Raajje

މަސްވެރިކަމަށް ގޮސް އުޅުނު ދޯންޏެއް ރަކީދޫ ކައިރީ ފަރަކަށް އަރައިފި

މަސްވެރިކަމަށް ގޮސް އުޅުނު “އަސްދާން” ނަމަކަށް ކިޔާ ދޯންޏެއް ވ. ރަކީދޫ ގެ އިރުން 2 މޭލު ބޭރުން ފަރަކަށް އަރައިފި އެވެ. އެމްއެންޑީއެފުން ބުނީ، 26 މީހުންނާއެކު މަސްވެރިކަމަށް ގޮސް އުޅުނު އެ ދޯނި ފަރަށް އަރާފައިވާކަމުގެ މައުލޫމާތު 23:00 ހާއިރު އެމްއެންޑީއެފަށް ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިޔާ ކޯސްޓް ގާރޑް ސްކޮރޑުން އެސަރަހައްދަށް ގޮސްފައި ކަމަށެވެ. ދޯނި ފުން ކުރުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑާއި ދޯނީގެ ވެރިފަރާތުން ވެސް މިހާރު ދަނީ ކުރަމުންނެވެ. ‏ދޯނި […]

ބ.އަތޮޅާއި ޅ.އަތޮޅާ ދޭތެރެއިން ބޯޓެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
Raajje

ބ.އަތޮޅާއި ޅ.އަތޮޅާ ދޭތެރެއިން ބޯޓެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ބ.އަތޮޅާއި ޅ.އަތޮޅާ ދޭތެރެއިން ބޯޓެއް އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ. އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެ އުޅަނދު އޮޔާ ގެންދަނީ އިރުދެކުނަށް ކާށިދޫ ކަނޑު ތެރެއަށް ކަމަށެވެ. އެހެންކަމުން މިސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި ޚާއްޞަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުތަކުން މިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެއެވެ. B. Atoll aai Lh. Atoll aa dh...

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
Raajje

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ. އެމްއެންޑީއެފުން ބުނީ މި ދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން، މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ. މޫސުން ގޯސްވުމުގެ ސަބަބުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ނުރައްކާތެރި ކަނޑުމަތީގެ ތަފާތު 05 ހާދިސާއެއްގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް...

27 އަހަރުގެ ދިވެހި ފިރިހެނެއް ގެއްލިގެން ހޯދަނީ
Raajje

27 އަހަރުގެ ދިވެހި ފިރިހެނެއް ގެއްލިގެން ހޯދަނީ

މާލެއިން ފުރައިގެން އދ. މަންދޫއަށް ދަތުރުކުރި “ރަންތަރި” ދޯނިން ދަތުރުކުރި 27 އަހަރުގެ ދިވެހި ފިރިހެނެއް ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ފަށައިފިއެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައި ވަނީ 2020 ޖުލައި 17 ވަނަ ދުވަހުގެ މެންދަމު 02:10 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މަންދޫ ނެރުން ދޯނި ވަތް އިރުވެސް އެމީހާ ދޯނީގައި ހުރިކަމަށާއި، ނަމަވެސް ފާލަމާއި ކައިރިކުރިއިރު އެމީހާ ދޯނީގައި ނެތްކަމަށް ދޯނީގެ ކެޕްޓަނާއި […]

ހުޅުމާލެ ކައިރިން ފެތިފައިވާ ދޯންޏެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
Raajje

ހުޅުމާލެ ކައިރިން ފެތިފައިވާ ދޯންޏެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ފެތިފައިވާ ދޯންޏެއް އޮޔާދާތީ ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ. ނޫސްތަކަށް މަޢުލޫމާތުދެމުން އެމްއެންޑީއެފްއިން ބުނެފައިވަނީ ހުޅުމާލެއާއި ޕެރަޑައިޒް އައިލެންޓް ރިސޯޓާއި ދޭތެރޭ ކަނޑުއޮޅިން ފެތިފައިވާ ދޯންޏެއް އޮޔާދާތީ ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އިލްތިމާސްކުރާކަމަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މި ދޯނި އޮޔާދަނީ ބޮޑުކަޅިން ނުކުމެގެން ބޭރަށް އިރުމައްޗަށްވާގޮތަށެވެ. މި ދޯނީގެ ގެގަނޑުން ބައެއް ފެންމަތިން ފެންނަން ހުރިއިރު، މި ދޯންޏަކީ 60 ފޫޓްގެ...

ވޭމަންޑޫ މަސް ދޯންޏެއް ބިންދައިގެން ގޮސްފި
Raajje

ވޭމަންޑޫ މަސް ދޯންޏެއް ބިންދައިގެން ގޮސްފި

ތ. ވޭމަންޑޫ “ދިރުން-4” ކިޔާ މަސް ދޯންޏެއް ބިންދައިގެން ގޮސްގެން އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާއިން ހަރަކާތްތެރިވަމުން ދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. ތ. ކިނބިދޫއާއި 4 ނޯޓިކަލް މޭލު ބޭރުން 13 މީހުނާއެކު ދަތުރު ކުރި މި މަސްދޯނި ބިންދައިގެން ދިޔަ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެމްއެންޑީއެފުން ބުނީ އެ ދޯނީގައި ތިބީ 11 ދިވެހިންނާއި ދެ ބިދޭސީއެއް ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު ކޯސްޓްގާޑުން އެ ސަރަހައްދުގައި […]

ތިލަފުށީގައި ހުރި ގުދަނެއްގައި ރޯވެއްޖެ
Raajje

ތިލަފުށީގައި ހުރި ގުދަނެއްގައި ރޯވެއްޖެ

ތިލަފުށީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެ އަނދަމުން ދާތީ، އަލިފާން ނިންވުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ އެ ރަށުގައި އަލިފާން ރޯވެގެން އުޅޭ ސައިޓްގައި އަލިފާން ކޮންޓްރޯލް ކުރުމަށް ތިލަފުށީ ފަޔަރޓީމް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް އަދި އަލިފާންގަނޑު އަދި ކޮންޓްރޯލް ނުވާ ކަމަށެވެ. އެ އަލިފާން ކޮންޓްރޯލް ކުރުމަށް މާލެއިން ފަޔާ އެންޑް ރެސްކިއުގެ ބެކަޕްޓީމެއް ތިލަށްޓަށް ދަތުރުކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. އެމްއެންޑީއެފުން...

އެމްއެންޑީއެފްގެ އެޖުޓަންޓް ޖެނެރަލްގެ މަޤާމަށް ކާނަލް މުޙައްމަދު އިބްރާހީމް
Raajje

އެމްއެންޑީއެފްގެ އެޖުޓަންޓް ޖެނެރަލްގެ މަޤާމަށް ކާނަލް މުޙައްމަދު އިބްރާހީމް

އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްގެ މަޤާމަށް ކާނަލް މުޙައްމަދު އިބްރާހީމް އައްޔަންކުރައްވައިފިއެވެ. އެމްއެންޑީއެފުން ބުނީ ކާނަލް މުޙައްމަދު އިބްރާހީމް އެ މަޤާމަށް އައްޔަން ކުރެއްވީ ކަމަކަށްޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ކަމަށެވެ. އަދި އެ މަޤާމު ހަވާލު ކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދު ﷲ ޝަމާލެވެ. އެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް ބައިވެރި...

ދިވެހި ސިފައިންގެ ޚިދުމަތް، މުޅި ދިވެހި ޤައުމު ބަލައިގަންނާނެ: ރައީސް
Raajje

ދިވެހި ސިފައިންގެ ޚިދުމަތް، މުޅި ދިވެހި ޤައުމު ބަލައިގަންނާނެ: ރައީސް

ދިވެހި ސިފައިންގެ ޚިދުމަތް މުޅި ދިވެހި ޤައުމު ބަލައިގަންނާނެ ކަމަށް ސިފައިންގެ އެންމެމަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހި ސިފައިންނާއި ބައްދަލުކުރެއްވުމަށް މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ މިރޭ ދިވެހި ސިފައިންނާއި ބައްދަލި ކުރައްވައި ކޯވިޑް ބަލިމަޑުކަމުގައި ސިފައިންދެއްކި އާދަޔާޚިލާފް ގަދަ ހިތްވަރު ފާހަގަކުރައްވައި ވިދާޅުވީ ކޯވިޑް-19...

ބޭރުގެ މަސް ބޯޓެއް އަތުލައިގަނެފި
Raajje

ބޭރުގެ މަސް ބޯޓެއް އަތުލައިގަނެފި

ރާއްޖޭގެ ޚާއްޞަ އިޤްތިސޯދީ ސަރަހައްދުން ފެނުނު ބޭރުގެ މަސްބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން މަޢުލޫމާތު ދެމުން ބުނެފައިވަނީ ގޮތުގައި ރާއްޖޭގެ ޚާއްޞަ އިޤްތިސޯދީ ސަރަހައްދުގައި ޤަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް މިމަހުގެ 3 ވަނަ ދުވަހު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ފާސްޓް އިންޓެސެޕްޓް ކްރާފްޓް “މާފަތް” ގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސް...

ފަޅުރަށަކަށް ދަތުރު ދިޔަ އަންހެނަކު ހޭނެތިގެން އެމްއެންޑީއެފުން އެހީތެރިވެއްޖެ
Raajje

ފަޅުރަށަކަށް ދަތުރު ދިޔަ އަންހެނަކު ހޭނެތިގެން އެމްއެންޑީއެފުން އެހީތެރިވެއްޖެ

ދ. އަތޮޅު ފަޅުރަށެއް ކަމަށްވާ ވައްލަޅޮހިއަށްް ދަތުރުގޮސް އުޅުނު އަންހެނަކު ހޭނެތިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު، އިތުރު ފަރުވާއަށް އެ އަތޮޅު ކުޑަހުވަދޫއަށް ގެންގޮސްދީފިއެވެ. އެމްއެންޑީއެފުން ބުނީ އެ އަންހެން މީހާ ހޭނެތިފައިވަނީ ދަތުރު ދިޔަ ދޯނީގެ ތެރެއަށް ކަމަށެވެ. އަންހެން މީހާ ހޭނެތިފައިވަނީ މިއަދު ހަވީރު އައި ކޮޅިގަނޑުގައި ކަނޑުގަދަވުމާ ގުޅިގެން ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް އެ ދޯނިން މަޢުލޫމާތު ދީފައިވާކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ....

ކާށިހޮވަން ގޮސްތިއްބައި ހާލުގައި ޖެހުނު ކުމުންދޫ މީހުން ކުޅުދުއްފުށި ސިޓީ އަށް ގެންގޮސްދީފި
Thiladhunmathi News

ކާށިހޮވަން ގޮސްތިއްބައި ހާލުގައި ޖެހުނު ކުމުންދޫ މީހުން ކުޅުދުއްފުށި ސިޓީ އަށް ގެންގޮސްދީފި

ހދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ މާވައިދޫއަށް ކާށިހޮވަން ގޮސްތިއްބައި މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހުނު އެއަތޮޅު ކުމުންދޫ މީހުން، އެމްއެންޑީއެފުގެ އެހީތެރިކަމާއިއެކު ކުޅުދުއްފުށީ ސިޓީއަށް ގެންގޮސްދީފިއެވެ. އެމްއެންޑީއެފުން ބުނީ މާވައިދޫއަށް ކާށި ހޮވަން ގޮސްތިއްބައި މޫސުން ގޯސްވުމުގެ ސަބަބުން އަނބުރައި، ކުމުންދޫއަށް ނުދެވިފައި ތިބި މީހުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަމާއި އެކު ކުޅުދުއްފުށީ ސިޓީއަށް ގެންގޮސްދީފައި ވާކަމަށެވެ. އެމީހުން ކުޅުދުއްފުށީ ސިޓީއ...

މޫސުން ގޯސްވެ، މާވައިދޫއަށް ކާށިހޮވަންދިޔަ ބަޔަކު ހާލުގައި ޖެހިއްޖެ
Thiladhunmathi News

މޫސުން ގޯސްވެ، މާވައިދޫއަށް ކާށިހޮވަންދިޔަ ބަޔަކު ހާލުގައި ޖެހިއްޖެ

މޫސުން ގޯސްވުމުގެ ސަބަބުން ހދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ މާވައިދޫއަށް ކާށިހޮވަންދިޔަ ބަޔަކު ހާލުގައި ޖެހިގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ މާވައިދޫއަށް ކާށި ހޮވަން ދިޔަ ބަޔަކު މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހުމުން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި ކަމަށެވެ. މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބުނީ މިއަދު 17:35 ހާއިރު ކަމަށާއި، އެވަގުތުން ފެށިގެން އެމްއެންޑީއެފް...