މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބ. ދޮންފަނާއި، ބ، ހަނިފަރާ ދެމެދުން ދަތުރުކުރަމުންދިޔަ ދޯންޏަކާއި، ޑިންގީއެއް މުޑިއެރި ހާދިސާގައި އަޑިއަށް ދިޔަ ޑިންގީ ކަނޑުއަޑިން ފެނިއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ އެކްސިޑެންޓުވި ޑިންގީ ފެނިފައި ވަނީ ދޮންފަނާއި އެ އަތޮޅު އަނގަފަރާ ދެމެދުން، ކަނޑުގެ 40 މީޓަރު އަޑީގައި އޮއްވާ ކަމަށެވެ.
Launch akaai Dinghy eh jehi B. Dhonfanu kairin hin'gi accident gai gellunu Dinghy, B. Dhonfanu adhi B. Angafaru aa dhemedhun gaaiygan'dakah 40 meter adin MNDF Northern Area CG Squadron ge divarunnah fenijje.
— Maldives National Defence Force (@MNDF_Official) January 7, 2020
ޑިންގީ ފެނިފައިވަނީ، ޑިންގީ އާއި އެކްސިޑެންޓުގައި ގެއްލުނު ބ. އޭދަފުށީ މުޝްތަރީގޭ، ނަސްރުﷲ އަބްދުﷲ، 41، ހޯދަން ޑައިވް ކުރަމުން ދިޔަ އެމްއެންޑީއެފްގެ ޑައިވަރުންގެ ޓީމަށެވެ. އޭނާ އަދިވެސް ފެނިފައެއް ނުވެއެވެ.
އެމްއެންޑީއެފް އިން ބުނީ އެ ސަރަހައްދުން ޑިންގީގެ އިންޖީނެއްގެ މަތިގަނޑެއް ކަމަށް ބެލެވޭ އެއްޗެއް ޑައިވަރުން ނަގާފައިވާ ކަމަށާއި، އެއީ ޑިންގީގެ އިންޖީނުގެ އެއްޗެއްތޯ ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
މީގެކުރިން ހަމަ އެ ސަރަހައްދުން މަސްބާނަން ބޭނުންކުރާ ސާމާނާއި ނެވިގޭޝަން ލައިޓެއް ވެސް ވަނީ ފެނިފަ އެވެ.
އެމްއެންޑީއެފް އިން ދަނީ ގެއްލުނު މީހާ ހޯދުމަށް ހުއްޓުމެއްނެތި ހަރަކާތްތެރި ވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!