ޖުމްހޫރީ މައިދާނުން ގޮތްނޭނގޭ ދަބަހެއް ފެނިގެން އެއީ ކޮންއެއްޗެއްތޯ ބެލުމަށް ސިފައިން ހަރަކާތްތެރިވަމުން ދާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ޖުމްހޫރީ މައިދާނުން ގޮތްނޭނގޭ ދަބަހެއް ފެނިގެން އެއީ ކޮންއެއްޗެއްތޯ ބެލުމަށް ސިފައިން ހަރަކާތްތެރިވަމުން ދާކަމަށެވެ. އެސަރަހައްދަކީ ގިނައަދަދެއްގެ ރައްޔިތުން ޖަމާވާ ސަރަހައްދެއްކަމުން އެފަދަ އެއްޗެއް ފެނުމުން ސަލާމަތީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބަލަން ޖެހޭ ކަންކަން ބަލަމުން ދާކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

Ad
rt

ޖުމްހޫރީ މައިދާނުގައި ހުރި ޑަސްބިނެއް ކައިރިން ފެނުނު އެ އެއްޗަކީ، ޑަސްބިން ކައިރީ އޮތް ރަތްކުލައިގެ ފޮށްޓެއް ކަމަށާއި، އެފޮށި އިތުރަށް ބެލުމަށް ސިފައިން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ހާމަ ކުރަށްވައެވެ.

އެފަދަ ތަކެތި ބަލާ ފާސްކުރުމަށް ސިފައިން ހަރަކާތްތެރިވަނީ ސަލާމަތީގޮތުން ސަލާމަތީގޮތުން ސިފައިން ބޭނުންކުރާ ގިއަރ ބޭނުން ކޮށްގެން ސަލާމަތާއި، ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެންކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުންގެ އީއޯޑީ ޓީމުން ބަލާ ފާސްކުރިއިރު އެފޮށިން ނުރައްކާތެރި އެއްވެސް އެއްޗެއް ފެނިފައިނުވާކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއްވާފައިވެއެވެ.