އެނބޫދޫ ފަރުމައްޗަށް މަސް ހިފަން ފޭބި މީހަކު ގެއްލިގެން ހޯދަމުންދަނިކޮށް، ކަނޑުއަޑީގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ، އޭނާ ފެނުނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން އޭނާ ހޯދަމުންދަނިކޮށް ކަނޑުގެ އަޑިން ކަމަށެވެ.
އެމްއެންޑީއެފްއިން ހާމަ ކުރާ ގޮތުގައި މަރުވެފައި ވަނީ ސްޓާފް ސާޖަންޓް ޔައުޤޫބު އަޙްމަދު ގދ. ހޯޑެއްދޫ / ބާދީގެ އުމުރުން 34 އަހަރެވެ. އޭނާ އަކީ، ޖެވެއިލިން އުކުމުގެ ގައުމީ ޗެމްޕިއަނެއްގެ އިތުރުން މީގެ ކުރިން ގައުމީ އެތްލެޓިކްސް ޕޫލްގައި ހިމެނުނު ދުވުންތެރިއެކެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ ހަވީރު 17.55 ގައިކަމަށާއި އޭނާ މަސް ހިފަން ފީނީ ދަގަނޑު ހިފައިގެންކަމަށެވެ.
އޭނާގެ ހަށިގަނޑު ފެނިފައިވަނީ 20 މީޓަރުއަޑިން ކަމަށް އެމްއެންޑީއެފްއިން ހާމަ ކުރެއެވެ. އޭނާގެ ހަށިގަނޑު މިހާރު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
Deeply saddened by the sudden demise of SSGT Yaugoob Ahmed. He was a professional and dedicated marine who served this country honorably for over 13 years. May Allah SWT grant him Jannathul Firdaus and bestow his family the strength to bear this loss. pic.twitter.com/hddhypM5gz
— Maj. Gen. Abdulla Shamaal (@CDFofMNDF) March 9, 2020
އެނގިފައިވާ ގޮތުގައި އޭނާ މަހަށް ގޮސްފައިވަނީ އިތުރު ބަޔަކާއެކު އޭނާގެ އޮފް ދުވަހު ޑިންގީއެއްގަ އެވެ.
މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ރަޙުމަތް މިންވަރުކުރައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން..
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!