އިންޖީނު ހުއްޓިގެން ހާލުގައި ޖެހިފައިވާ ލަންކާގެ މަސްބޯޓެއް ދިއްފުއްޓާއި ދިމާ ބޭރުން އޮޔާދާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފްއިން އިތުރަށް ބުނީ މިހާރު އެމްއެންޑީއެފްގެ ކޯސްޓް ގާރޑްގެ، ލޯންޗްއެއް އެ ބޯޓް އަށް އެހީތެރިކަން ފޯރު ކޮށްދެމުންދާކަމަށާއި އެބޯއްޓުގައި 6 މީހުން ތިބިކަމަށާއި އެންމެންގެ ހާލު ރަނގަޅުކަމަށެވެ.

Ad
rt

ހާލުގައި ޖެހުނު މިބޯއްޓުގެ މައުލޫމާތު އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އެމްއާރްސީސީއަށް ލިބިފައި ވަނީ، ޖެނުއަރީ 23 ވަނަ ދުވަހުގެ ހަވީރު 17:00 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އަދި އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް އިން ދިޔައީ އެ ބޯޓު މޮނީޓަރ ކުރަމުން ކަމަށާއި، އަދި އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެެމްއެންޑީއެފްގެ ލޯންޗް ނޫރައްދީން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މީގެއިތުރުން އެމްއެންޑީއެފްއިން ވިދާޅުވީ، މާލޭގެ 199 ނޯޓިކަލް މޭލު ބޭރުން މިބޯޓު އޮޔާދާ ކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ހަވީރު 05:00 ހާއިރުކަމަށާއި، މިހާރު އެބޯއްޓު އޮތީ ކ. ދިއްފުށީގެ އުތުރުން 58 ނޯޓިކަލް މޭލު ބޭރުގައިކަމަށެވެ. ހާދިސާގެ މަޢުލޫމާތު ލިބުނު ހިސާބުން އެމްއާރުސީސީއިން އެބޯޓު މޮނީޓަރު ކުރަމުން ދިޔަކަމަށް ބުނެފައިވެއެވެ.

އެމްއެންޑީއެފްގެ ލޯންޗަށް އެބޯޓު އޮތް ސަރަޙައްދަށް ދެވޭނީ މިރޭ 09:30 ހާއިރުކަމަށްވެސް ވިދާޅުވިއެވެ.