އިހަވަންދޫގައި ވެސް ހަވާ އަރުވައި، ޝަރަފުގެ ހިނގާލުން ކުރިއަށް ގެންގޮސްފި
ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން އުތުރުގެ ތިން ރަށެއްގައި ކުރިއަށް ގެންދަން ނިންމި ނިންމުމުގެ ދަށުން، އެހަރަކާތްތައް ހިންގި ފަހު ރަށެއްގެ ގޮތުން ހއ. އިހަވަންދޫގައި ޝަރަފުގެ ހިނގާލުމާއި، ހަވާ އެރުވުން ކުރިއަށް ގެންގޮސްފިއެވެ. އެހަރަކާތްތައް ހިންގުމަށް އިއްޔެ އިހަވަންދޫއަށް އެންއެންޑީއެފްގެ ޓީމު ދިޔުމުން އެހެން ރަށްރަށެކޭ ވެސް އެއްފަދައިން އިހަވަންދޫ ރައްޔިތުން ވަނީ އެ ޓީމަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. އެންއެންޑީއެފުން ވެސް ވަނީ އެކަން ފާހަގަ ކުރަށްވާފަ...