ވެލިގަނޑު ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް
އއ. ވެލިގަނޑު ރިސޯޓުގެ ގެސްޓް ރޫމެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެ ރިސޯޓުގެ ގެސްޓް ރޫމެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތެރި ވަމުން އަންނަ ކަމަށެވެ. އެ ރިސޯޓުގެ ގެސްޓް ރޫމްގައި ރޯވި އަލިފާން، އެ ރިސޯޓުގެ މުވައްޒަފުން ކޮންޓްރޯލް ކޮށްފައިވާއިރު، އެމްއެންޑީއެފް ފަޔާ ލޯންޗު މިހާރު ދަނީ އެ ރިސޯޓަށް ދަތުރުކުރަމުންނެވެ. މި އަލިފާނުގެ އެ ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ މިއަދު […]