ޕެޓްރޯލް ހަމެއްގައި އަލިފާން ރޯވެ، ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ތިން މީހަކު ޒަޚަމުވެއްޖެއެވެ.

އެ ހާދިސާ ހިނގީ ''ވިލާ ވާލި-13'' ކިޔާ ދޯންޏެއްގައެވެ. އެ ހާދިސާ ހިނގިއިރު އެ ދޯނި އޮތީ މ. ކޮޅުފުށީގެ 26 މޭލު ބޭރުގައިއެވެ.

Ad
rt

މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ، "ވިލާ ވާލި-13" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި ހުރި ޕެޓްރޯލް ހަމެއްގައި އަލިފާން ރޯވެ، ތިން މީހަކު ޒަހޚަމްވުމާއި ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު 9:00 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެ ހާދިސާގައި ޒަޚަމްވި ތިން މީހުން ސީ އެމްބިއުލެންސްގައި، މ. މުލި ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެ ދޯނީގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާއިރު، އަލިފާން ނިއްވާލީ ދޯނީގެ ފަޅުވެރިން ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.