ވެސެލް ބޯޑު ސަރޗް އެންޑް ސީޒް ޕްރޮގްރާމް ނިންމާލައިފި

3512

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިންނަށް ހިންގި ވެސެލް ބޯޑު ސަރޗް އެންޑް ސީޒް ޕްރޮގްރާމް ނިންމާލައިފިއެވެ.

މިމަހު 13 ން 24 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އެމްއެންޑީއެފް ހެޑްކްއޯޓަރޒް، ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަަޅުއްވާފައި ހުންނަވާ ސަފީރު މިސް ކެއިކޯ ޔަނައީ އެވެ. މިރަސްމިއްޔާތުގައި މިސް ކެއިކޯ ޔަނައީ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި އެމްއެންޑީއެފް ކޯސްޓްގާޑް ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމް ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ދެ ހަފުތާގެ މުއްދަތަށް ހިންގި މި ޕްރޮގްރާމަކީ ކޯސްޓްގާޑުގެ ސިފައިން މެރިޓައިމް ޑޮމެއިންގެ ތެރޭގައި ހިނގާ ކްރައިމްތައް ހޯދުމާއި ދެނެގަތުމާއި އެކަންކަން ހުއްޓުވުމަށް އެޅެންހުރި ފިޔަވަޅުތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ހިންގި ކޯހެކެވެ. މި ޕްރޮގްރާމަކީ އެމްއެންޑީއެފާއި ޔޫއެންއޯޑީސީ ގުޅިގެން ހިންގާ ސިލްސިލާ ތަމްރީންތަކުގެ ތެރެއިން ހިންގުނު ފުރަތަމަ ތަމްރީނެވެ. މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ޔޫއެންއޯޑީސީގެ ތަޖުރިބާކާރު މުދައްރިބުންނެވެ.

އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ އާލާތްތަކާއި ވެހިކަލްފަދަ ތަކެތީގެ އިތުރުން ތަމްރީނުގެ ފުރުޞަތުތައް ދިނުމުގައި ޖަޕާން ސަރުކާރުގެ އެހީތެރިކަން އަންނަނީ ފުޅާ ދާއިރާއެއްގައި ލިބެމުންނެވެ. މިގޮތުން އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ބޭނުންވާ ގިނަ އާލާތްތަކެއް ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ވަނީ އެމްއެންޑީއެފަށް ހަދިޔާ ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފާއި ޔޫއެންއޯޑީސީގެ އިސްވެރިންނާއި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ޕްރޮގްރާމުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވެފައިވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި