މަހަށް ގޮސް އުޅެނިކޮށް ލޮލަށް ބުޅިއެއް ހެރުނު ޒުވާނަކަށް އަވަސް ފަރުވާއަށް މ. އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ކުރަށްވަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނީ އެޒުވާނާގެ ލޮލަށް ބުޅިހެރުނީ، މ. ކޮޅުފުށީގެ 11 ނޯޓިކަލް މޭލު ބޭރުގައި ''އަލި ރާސްތާ1'' ކިޔާ ދޯނީގައި މަސްވެރިކަމުގެ މަސައްކަތުގައި އުޅެނިކޮށް ކަމަށެވެ.
ލޮލަށް ބުޅި ހެރިގެން އަވަސް ފަރުވާއަށް ގެންދަނީ 26 އަހަރުގެ ދިވެހި ޒުވާނެއްކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެ ޒުވާނާ މ. އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޯސްޓް ގާޑުން ކުރަށްވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ރާއްޖޭގައި ދޭތެރެ ދޭތެރެއިން އަންނަނީ މިފަދަ ކަނޑުމަތީގެ ހާދިސާތައް ހިނގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!