ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް ދިވެހި ސިފައިންގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ،

އެމްއެންޑީއެފުން ވިދާޅުވިގޮތުގައި، އެ ބޯޓަކީ ކ. ދިއްފުށީގެ އިރުން 35 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަމުން ދިޔަ ބޯޓެކެވެ.

Ad
rt

އެ ބޯޓާބެހޭ މައުލޫމާތު އެމްއެންޑީއެފަށް ފޯރުކޮށްދިނީ އދ. މަހިބަދޫ އަސަރީ ދޯނިންނެވެ.

އެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކްނަޑް ސްކޮޑްރަންގެ "އެފްއައިސީ ހަކުރާ" ވަނީ އެ ސަރަޙައްދަށް ގޮސް، އެ މަސްބޯޓު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެ ބޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންދިޔައީ އިއްޔެ ހަވީރު 17:25 ހާއިރުއެވެ.

އެމްއެންޑީއެފުން ވަނީ، "އަސަރީ" ދޯނީގެ ކެޕްޓަނާއި ފަޅުވެރީން މި ބޯޓު ހޯދުމަށް ދެއްވެވި އެހީތެރިކަމަށާއި، ދިވެހި މަސްވެރީންގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކޮށްފައިއެވެ.