ތ. ވިލިފުށި ފަޅު ތެރޭގައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި، ވިލިފުށި ފަޅު ތެރޭގައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ކައްދޫގައި ހުންނަ ފަޔަރސްޓޭޝަނަށް ވަނީ އެ މައުލޫމާތު ލިބިފައެވެ.

Ad
rt

''މިހާރު އެރަށަށް ފަޔަރ ސްޓޭޝަންގެ ޓީމު ދަނީ ދަތުރު ކުރަމުން'' އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ހާދިސާ ހިނގާފައި ވަނީ ގާތްގަނޑަކަށް އިރު އޮއްސި 6:15 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ހާދިސާގެ އިތުރު މައުލޫމާތު ލިބޭ ވަރަކުން ހިއްސާ ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

ރޯވެގެން އަނދަނީ ވިލިފުށި ފަޅު ތެރޭގައި އޮތް ދޯންޏެއްގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއިރު، ރޯވެގެން އުޅެނީ އެރަށުގެ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.