މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އެމްއެންޑީއެފް

526 Stories filed
މި ވަގުތު ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ސިފައިންގެ ބޯހިޔާވަހިކަމަށް: ރައީސް
Raajje

މި ވަގުތު ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ސިފައިންގެ ބޯހިޔާވަހިކަމަށް: ރައީސް

މި ވަގުތުވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ސިފައިންގެ ބޯހިޔާވަހިކަމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ސިފައިންގެ ޚިދުމަތަށް 131 އަހަރު ފުރުމުގެ މުނާސަބާތާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކަޅުތުއްކަލާކޮށީގައި ބޭއްވި މި ރަސްމިއްޔާތުގައި ދުނިޔެއަށް އައިސްފައިވާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ސިފައިންނަކީ ވަރަށް ބުރަ މަސައްކަ...

ރޯވި މަކުނުދޫ ބޯޓު އަޑިއަށް، ފަޅުވެރިން މާދަމާ މަކުނުދޫއަށް ގެންދަނީ
Raajje

ރޯވި މަކުނުދޫ ބޯޓު އަޑިއަށް، ފަޅުވެރިން މާދަމާ މަކުނުދޫއަށް ގެންދަނީ

މާލެއިން ފުރައިގެން ދަތުރު ކުރަނިކޮށް މިރޭ އަލިފާން ރޯވި ހދ. މަކުނުދޫ ”ހޮރީޒިއާ 2” ބޯޓު މިހާރު އަޑިއަށް ގޮސްފައިވާއިރު، އެ ބޯޓުގެ ފަޅުވެރިން މާދަމާ ހެނދުނު މަކުނުދޫއަށް ގެނައުމަށް ހަމަޖެހިފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. މި ބޯޓުގައި މިރޭ ރޯވީ ބ. އަތޮޅު ފޯސީޒަން ލަނޑާ ގިރާވަރު ރިސޯޓުގެ އުތުރުން 3 ނޯޓިކަލް މޭލު ބޭރުގައި އޮއްވައި މިރޭ 19:00 ހާއިރުއެވެ. މި ބޯޓުގައި ފުރަތަމަ ރޯވީ އިންޖީނު ރޫމްގެ ބެޓެރީއެއް ސްވިޗާއި ގުޅާފައިވާ ނަރުގައި […]

"އާލާ" ބޯޓު އަޑިއަށް ގޮސްފި
Raajje

"އާލާ" ބޯޓު އަޑިއަށް ގޮސްފި

މާލެ އިން ފުރައިގެން ރ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ “އާލާ” ބޯޓު އެއްކޮށް އަޑިއަށް ގޮސްފިއެވެ. މި ބޯޓު އަޑިއަށް ގޮސްފައި ވަނީ ރާޅެއް އަރައި ދިޔަވެގެންނެވެ. މި ބޯޓުގައި 15 މީހުން ދަތުރު ކުރަމުން ދިޔައެވެ. މި ބޯޓަށް ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ދީފައި ވަނީ ރޭ ފަތިހު  05:22 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބުނުއިރު މި ބޯޓު އޮތީ ބ. އޭދަފުށީގެ […]

15 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ބޯޓަކަށް ދިޔަވެ އަޑިއަށް ދަނީ
Raajje

15 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ބޯޓަކަށް ދިޔަވެ އަޑިއަށް ދަނީ

ރ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ “އާލާ” ބޯޓަށް ދިޔަވަމުން ދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. މާލެއިން ފުރައިގެން 15 މީހުނާއެކު ރ. އަތޮޅަށް ދަތުރުކުރަމުންދިޔަ މި ބޯޓަކަށް ދިޔަވަމުން ދާތީ އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މޫސުން ގޯސްވުމާއެކު ކަނޑުތައް ގަދަވެ، މި ބޯޓަށް ދިޔަވަމުންދާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ފަތިހު 05:22 ހާއިރުއެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެ...

ސިފައިންގެ މުސާރައަށް ހެޔޮބަދަލު ގެންނެވުމުގެ މަސައްކަތް ފަށައިފި
Raajje

ސިފައިންގެ މުސާރައަށް ހެޔޮބަދަލު ގެންނެވުމުގެ މަސައްކަތް ފަށައިފި

ސިފައިންގެ މުސާރައަށް ހެޔޮބަދަލު ގެންނެވުމުގެ މަސައްކަތް ފަށާފައިވާކަމަށް ރާއްޖޭގެ ދިފާއީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. ސިފައިންގެ އެޖޫޓަންޓް ޖެނެރަލް ކޯޕްސް، އޭޖީ ކޯރގެ 3 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވީ ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން އިނީޝިއޭޓިވްގެ ތެރެއިން ސިފައިންގެ މުސާރައަށް ހެޔޮބަދަލު ގެންނެވުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި އެ ބަދަލު އައިސް، އެކަމުގެ ފައިދާ ސިފައިންނަށް ވަރަށް އަވަހަށް ލިބޭނެ ކ...

ދިއްދޫގައި މޫދު ކަސްރަތު ޕްރޮގްރާމެއް ފަށައިފި
Thiladhunmathi News

ދިއްދޫގައި މޫދު ކަސްރަތު ޕްރޮގްރާމެއް ފަށައިފި

ހއ. ދިއްދޫގައި މޫދު ކަސްރަތު ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ. މި ޕްރޮގްރާމަކީ ދިއްދޫގެ ކައުންސިލްގެ އެދިލެއްވުމަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ކުރިއަށްގެންދާ ޕްރޮގްރާމެެކެވެ. ދިއްދޫގައި މި ޕްރޮގްރާމް ފެއްޓުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެރަށު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދެވެ. މީގެއިތުރުން މި ރަސްމިއްޔާތުގައި ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ކޮމާންޑަރ ފަސްޓް ލެފްޓިނެންޓް މުޙައްމަދު އަޙްމަދު އަދި ނޮދަން އޭރިއާ ކޮމާންޑްގެ ސާޖަންޓް މޭޖަރ...

ގެއްލިގެން ހޯދަމުންދާ ''ޖަމްބޯ'' ދޯނި ވަނީ އަޑިއަށް ގޮސްފައި
Raajje

ގެއްލިގެން ހޯދަމުންދާ ''ޖަމްބޯ'' ދޯނި ވަނީ އަޑިއަށް ގޮސްފައި

ހިލަވެލި ބަރުކޮށްގެން ފުރި ދޯންޏެއްގެ ޚަބަރެއް ނުވެގެން ހޯދަމުން އަންނައިރު، އެ ދޯނި އަޑިއަށް ގޮސްފައިވާކަމަށް އެ ދޯނީގެ ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. “ޖަންބޯ” ނަމަަކަށްކިޔާ މި ދޯނީގެ ޚަބަރެއް ނުވެގެން އެދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން އަންނައިރު، މި ދޯނީގެ ޚަބަރެއް އެންމެފަހުން ވެފައިވަނީ އިއްޔެ މެންދުރު 11:35 ހާއިރުއެވެ. 65 ފޫޓު ހުންނަ މި ދޯނި ފުރިފަހުން ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސ...

ގެއްލިގެން ހޯދާ ދޯނިން ދަތުރުކުރި ދެ މީހުން ފެނިއްޖެ
Raajje

ގެއްލިގެން ހޯދާ ދޯނިން ދަތުރުކުރި ދެ މީހުން ފެނިއްޖެ

ހިލަވެލި ބަރުކޮށްގެން ފުރި ދޯންޏެއްގެ ޚަބަރެއް ނުވެގެން ހޯދަމުން އަންނައިރު، އެ ދޯނިން ދަތުރުކުރި ދެ މީހުން ފެނިއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެ ދޯނިން ދަތުރުކުރި ދެ މީހުން ލޯންޗަކަށް ފެނިގެން އެކަމުގެ މައުލޫމާތު އެ އިދާރާއަށް ދީފައިވާ ކަމަށެވެ. ”ދެ މީހުންގެ ހާލު ރަނގަޅު، އިތުރު ތަފްސީލެއް އަދި ނުލިބޭ” އެމްއެންޑީއެފުން ވިދާޅުވިއެވެ. އެ ދެ މީހުން ކާށިދޫ ކައިރިން ކަނޑުމަތީ ކަނޑުވެފައި ތިއްބާ އެމީހުން ހޯދުމުގެ މަސައްކަތުގައި އުޅުނު ލޯންޗަކަށް ފެނިގެން ސަލާމަތްކޮށްފައި ވަނީ […]

ހިލަވެލި ބަރުކޮށްގެން ފުރި ދޯންޏެއްގެ ޚަބަރެއް ނުވެގެން ހޯދަނީ
Raajje

ހިލަވެލި ބަރުކޮށްގެން ފުރި ދޯންޏެއްގެ ޚަބަރެއް ނުވެގެން ހޯދަނީ

ހިލަވެލި ބަރުކޮށްގެން ފުރި ދޯންޏެއްގެ ޚަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވިގޮތުގައި އެ ދޯންޏަކީ، މާލެއިން ފުރައިގެން ކ. ގާފަރުގައި މަޑުކުރުމަށްފަހު، މިއަދު ހެނދުނު 10:40 ހާއިރު ކ. ގާފަރުން ފުރައިގެން ބ. ދަރަވަންދޫއަށް ދަތުރުކުރި ދޯންޏެކެވެ. “ޖަންބޯ” ނަމަަކަށްކިޔާ މި ދޯނީގެ ޚަބަރެއް ނުވެގެން އެދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށާފައިވާއިރު، މި ދޯނީގެ ޚަބަރެއް އެންމެފަހުން ވެފައިވަނީ މިއަދު މެންދުރު 11:35 ހާއިރުއެވެ. “ޖަންބޯ” ދޯންޏަކީ ދިގުމިނުގައި 65...

ކާނަލް އަބްދުﷲގެ އެއްވެސް އިހްމާލެއްނެތް: އެމްއެންޑީއެފް
Raajje

ކާނަލް އަބްދުﷲގެ އެއްވެސް އިހްމާލެއްނެތް: އެމްއެންޑީއެފް

ސަލާމަތީ ކަންކަމާ ގުޅޭ ސިފައިންގެ އިސްވެރިޔާ ކަމުން ސަސްޕެންޑްކުރި ކާނަލް އަބްދުﷲ އިބްރާހިމްގެ އެއްވެސް އިހްމާލެއް ފެންނަންނެތް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. މިދިޔަ މާރިޗު މަހު އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ،ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި އިދިކޮޅު ސަޕޯޓަރުން އިޙްތިޖާޖު ކުރަން ތިއްބައި، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހްގެ މޮޓޯކޭޑު އެ މަގުން ދަނިކޮށް އިދިކޮޅު ސަޕޯޓަރުންގެ ތެރެއިން ބަޔަކު ވަނީ ރައީސް ދަތުރުކުރެއްވި މޮޓޯކޭޑު ވަށާލައި، ހުއްޓުވައިފައެވެ. އެ މައްސަލަ އެމްއެންޑީއެފުން ބެލުމ...

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް
Raajje

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މއ. ބޯގަންވިލާ ގޭގަ އެވެ. އެ ސަރަހައްދުގައި ހުރި މީހަކު ”ތިލަދުން” އަށް ބުނީ އެ ގޭތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަމުން އަންނާތީ ފެންނަކަމަށެވެ. މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ދެންމެ ވިދާޅުވީ، މއ. ބޯގަންވިލާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެމްއެންޑީއެފުން ވިދާޅުވިގޮތުގައި އެ ގޭގައި ރޯވި އަލިފާން އެމްއެންޑީއެފްގެ ފަޔާ...

ކަނޑުވި މީހުން 9 ގަޑިއިރު ވަންދެން ކަނޑުމަތީގައި ތިބި، އެންމެންގެ ހާލުވެސް ރަނގަޅު!
Raajje

ކަނޑުވި މީހުން 9 ގަޑިއިރު ވަންދެން ކަނޑުމަތީގައި ތިބި، އެންމެންގެ ހާލުވެސް ރަނގަޅު!

ސަވާރީ ބޯޓު އަޑިއަށް ދިޔަ ހާދިސާގަައި ކަނޑުވެފައި ތިއްބާ ސަލާމަތް ކުރި ހަ މީހުންގެ ވެސް ހާލު ރަނގަޅުކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. މާލެ އާއި ވ. އަތޮޅާއި މ. އަތޮޅާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓެއް ކަމަށްވާ ސަވާރީ ބޯޓު ގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 6:30 ހާއިރުއެވެ. ގެއްލިފައިވާ ސަވާރީ ބޯޓު ހޯދުމަށް އެމްއެންޑީއެފުން ހިންގާ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި މިބޯޓުން ދަތުރުކުރި 6 މީހުން ސަލާމަތްކޮށްފައި ވަނީ މިއަދު […]

ސަވާރީ ބޯޓު ހާދިސާ: ކަނޑުވެފައި ތިއްބާ ސަލާމަތް ކުރި މީހުން މާލެ ގެނެސްފި
Raajje

ސަވާރީ ބޯޓު ހާދިސާ: ކަނޑުވެފައި ތިއްބާ ސަލާމަތް ކުރި މީހުން މާލެ ގެނެސްފި

މާލެ އާއި ވ. އަތޮޅާއި މ. އަތޮޅާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓެއް ކަމަށްވާ ސަވާރީ ބޯޓު އަޑިއަށް ދިޔަ ހާދިސާގަައި ކަނޑުވެފައި ތިއްބާ ސަލާމަތް ކުރި މީހުން މާލެ ގެނެސްފިއެވެ. މި ބޯޓުގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 6:30 ހާއިރު ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި ސަވާރީ ބޯޓު ރޭ ދަންވަރު އަޑިއަށްދިޔަ ޙާދިސާގައި ކަނޑުވި 6 މީހުން އެމްްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީގައި […]

ސަވާރީ ބޯޓުން ދަތުރުކުރި 6 މީހުން ސަލާމަތްކޮށްފި
Raajje

ސަވާރީ ބޯޓުން ދަތުރުކުރި 6 މީހުން ސަލާމަތްކޮށްފި

ޚަބަރު ނުވެގެން ހޯދަމުންދާ ސަވާރީ ބޯޓުން ދަތުރުކުރި 6 މީހުން ސަލާމަތްކޮށްފިއެވެ. މާލެ އާއި ވ. އަތޮޅާއި މ. އަތޮޅާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓެއް ކަމަށްވާ ސަވާރީ ބޯޓުގެ ޚަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް އެމްއެންޑީއެފް ހާމަކުރެއްވީ މިއަދު ހެނދުނު 11:17 ހާއިރުއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިފައިވާ ސަވާރީ ބޯޓު ހޯދުމަށް ހިންގާ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގެ ތެރެއިން މިބޯޓުން ދަތުރުކުރި 6 މީހުން އެމްއެންޑީއެފް ކޯސްޓްގާޑުން ސަލާމަތްކޮށްފައިވާ ކަމަށެވެ. “މިމީހުން […]

ދޯންޏެއް އަޑިއަށް ދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފި
Raajje

ދޯންޏެއް އަޑިއަށް ދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފި

ދޯންޏެއް ދިޔަވެ އަޑިއަށް ދާތީ ދިވެހި ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. މި ދޯންޏަކީ މާލެއިން ފުރައިގެން ހަތަރު ދިވެހިންނާއެކު ތ. ދިޔަމިގިއްޔަށް ދަތުރަމުން ދިޔަ ދޯންޏެކެވެ. “މާކުރީ 7″ ނަމަކަށް ކިޔާ މި ދޯނި ތ. ވިލިފުށީގެ ހުޅަނގު އުތުރުން 6 މޭލު ބޭރުން ދިޔަވެ އަޑިއަށްދާކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. ”ކޯސްޓުން ވަނީ ދޯންޏަށް ކައިރިކޮށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައި” އެމްއެންޑީއެފުން ވިދާޅުވިއެވެ. އެ އިދާރާއި...