ސަވާރީ ބޯޓު އަޑިއަށް ދިޔަ ހާދިސާގަައި ކަނޑުވެފައި ތިއްބާ ސަލާމަތް ކުރި ހަ މީހުންގެ ވެސް ހާލު ރަނގަޅުކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މާލެ އާއި ވ. އަތޮޅާއި މ. އަތޮޅާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓެއް ކަމަށްވާ ސަވާރީ ބޯޓު ގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 6:30 ހާއިރުއެވެ.

Ad
rt

ގެއްލިފައިވާ ސަވާރީ ބޯޓު ހޯދުމަށް އެމްއެންޑީއެފުން ހިންގާ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި މިބޯޓުން ދަތުރުކުރި 6 މީހުން ސަލާމަތްކޮށްފައި ވަނީ މިއަދު މެންދުރު 13:00 ހާއިރު އެވެ. ކަނޑުވެފައި ތިއްބާ މި މީހުން ފެނުނީ ވ ފުލިދޫގެ އިރުމަތިން 26 ނޯޓީކަލް މޭލު ބޭރުންނެވެ.

މި ބޯޓު އަޑިއަށް ގޮސްފައިވާ ކަމަށް ކެޕްޓަނާ ހަވާލާދީން އެމްއެންޑީއެފްއިންވަނީ ހާމަކުރައްވާފައެވެ.

މި އެންމެން މިއަދު ހަވީރު 16:30 ހާއިރު މާލެ ގެނެސްފައިވާއިރު، ބޯޓުން ދަތުރުކުރި މީހުން ގާތްގަނޑަކަށް 9 ގަޑިއިރު ކަނޑުވެފައި ތިބިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މިމީހުން ފެނިފައި ވަނީ ކޯސްޓްގާޑުން ހޯދަމުންދިޔަ ސަރަހައްދު ތެރެއިން އެމްއެންޑީއެފް ޑޯނިއާ އެއާކްރާފްޓަށެވެ.

މި ދުވަސްވަރަކީ ކަނޑުގަދަ ދުވަސްވަރަކަށް ދަތުރު ކުރުމުގައި ސަމާލު ވުމަށް މެރިން ޕޮލިހުގެ އިތުރުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.