ސަލާމަތީ ކަންކަމާ ގުޅޭ ސިފައިންގެ އިސްވެރިޔާ ކަމުން ސަސްޕެންޑްކުރި ކާނަލް އަބްދުﷲ އިބްރާހިމްގެ އެއްވެސް އިހްމާލެއް ފެންނަންނެތް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
މިދިޔަ މާރިޗު މަހު އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ،ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި އިދިކޮޅު ސަޕޯޓަރުން އިޙްތިޖާޖު ކުރަން ތިއްބައި، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހްގެ މޮޓޯކޭޑު އެ މަގުން ދަނިކޮށް އިދިކޮޅު ސަޕޯޓަރުންގެ ތެރެއިން ބަޔަކު ވަނީ ރައީސް ދަތުރުކުރެއްވި މޮޓޯކޭޑު ވަށާލައި، ހުއްޓުވައިފައެވެ. އެ މައްސަލަ އެމްއެންޑީއެފުން ބެލުމަށް ކާނަލް އަބްދުﷲ ވަގުތީގޮތުން މަގާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުން ކުރިއެވެ.
އެ މައްސަލައާއިގުޅިގެން އެންމެންޑީއެފުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކާނަލް އަބްދުﷲ މަގާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުން އެކަހެރިކުރީ އެ އިދާރާގައި ޢަމަލުކުރަމުން އަންނަ އުސޫލުގެ ތެރެއިން ކަމަށެވެ. އަދި އެއީ ސިފައިންގެ ޤަވާޢިދުގެ ދަށުން ސިފައިން ސަސްޕެންޑް ކުރުމުގެ ޤަވާޢިދުގެ ދަށުން އެޅި ފިޔަވަޅެއް ނޫންކަމަށެވެ.
މިގޮތައް ކޮމާންޑަރު އަދާކުރާ މަގާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުން އެކަހެރިކުރަނީ އެފަދަކަންކަމުގެ އިންކުއަރީ އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި އިންސާފުވެރިކަމާއެކު ހިންގުމުގެ ބޭނުމުގައިކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
''މި މައްސަލަ ބެލުމުން ކޮމާންޑިން އޮފިސަރުގެ އެއްވެސް އިހްމާލެއް ފެންނަންނެތްކަމުގައި ދަންނަވަން'' އެމްއެންޑީއެފުން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!