މާލެ އިން ފުރައިގެން ރ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ "އާލާ" ބޯޓު އެއްކޮށް އަޑިއަށް ގޮސްފިއެވެ.

މި ބޯޓު އަޑިއަށް ގޮސްފައި ވަނީ ރާޅެއް އަރައި ދިޔަވެގެންނެވެ. މި ބޯޓުގައި 15 މީހުން ދަތުރު ކުރަމުން ދިޔައެވެ.

Ad
rt

މި ބޯޓަށް ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ދީފައި ވަނީ ރޭ ފަތިހު 05:22 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބުނުއިރު މި ބޯޓު އޮތީ ބ. އޭދަފުށީގެ ދެކުނުން 2.5 ނޯޓިކަލް މޭލު ބޭރުގައެވެ.

އެމްއެންޑީއެފުން ވިދާޅުވިގޮތުގައި، "އާލާ" ބޯޓު މިއަދު 08:42 ހާއިރު ވަނީ އެއްކޮށް އަޑިއަށްގޮސްފައެވެ. މި ބޯޓު އަޑިއަށް ގޮސްފައި ވަނީ އޭދަފުއްޓާ ގާތްގަނޑަކަށް 1 މޭލު ބޭރުންނެވެ.

މި ބޯޓުން ދަތުރުކުރި މީހުން ސީ އެމްބިއުލާންސްގައި މިހާރު ދަނީ އޭދަފުއްޓަށް ދަތުރު ކުރަމުން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.

މި ބޯޓަށް ރާޅުއެރީ މޫސުން ގޯސްވުމާއެކު ކަނޑު ގަދަވުމުގެ ސަބަބުންނެވެ.