ދޯންޏެއް ދިޔަވެ އަޑިއަށް ދާތީ ދިވެހި ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ދޯންޏަކީ މާލެއިން ފުރައިގެން ހަތަރު ދިވެހިންނާއެކު ތ. ދިޔަމިގިއްޔަށް ދަތުރަމުން ދިޔަ ދޯންޏެކެވެ.

Ad
rt

"މާކުރީ 7" ނަމަކަށް ކިޔާ މި ދޯނި ތ. ވިލިފުށީގެ ހުޅަނގު އުތުރުން 6 މޭލު ބޭރުން ދިޔަވެ އަޑިއަށްދާކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

''ކޯސްޓުން ވަނީ ދޯންޏަށް ކައިރިކޮށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައި'' އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެ އިދާރާއިން މައުލޫމާތު ދެއްވާގޮތުގައި އެ ދޯނީގައި ތިބި ހަތަރު މީހުން ވެސް ސަލާމަތުން ހެޔޮހާލުގައި އެބަތިއްބެވެ. އަދި ދޯންޏެއްގައި ކަފުޖަހައިގެން އަޑިއަށް ދިޔަ ދޯނި ތ. ދިޔަމިގިއްޔަށް ދަތުރުފަށާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.