ހއ. ދިއްދޫގައި މޫދު ކަސްރަތު ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
މި ޕްރޮގްރާމަކީ ދިއްދޫގެ ކައުންސިލްގެ އެދިލެއްވުމަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ކުރިއަށްގެންދާ ޕްރޮގްރާމެެކެވެ.
ދިއްދޫގައި މި ޕްރޮގްރާމް ފެއްޓުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެރަށު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދެވެ.
މީގެއިތުރުން މި ރަސްމިއްޔާތުގައި ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ކޮމާންޑަރ ފަސްޓް ލެފްޓިނެންޓް މުޙައްމަދު އަޙްމަދު އަދި ނޮދަން އޭރިއާ ކޮމާންޑްގެ ސާޖަންޓް މޭޖަރ އަލީ ނަސީރު ބައިވެރިވެލެއްވިއެވެ.
30 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި އެރަށުގެ 78 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
މި ޕްރޮގްރާމްގެ ކްލާސްތައް ހެނދުނާއި ހަވީރު ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.
މި ޕްރޮގްރާމް ހިންގުމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ސިފައިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!