އެވިޑް ކޮލެޖްގެ 2023 ވަނަ އަހަރުގެ ދަސްވެނިވުން ބާއްވައިފި
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައުލީމު އުނގަންނައިދެމުން އަންނަ އަމިއްލަ ކޮލެޖެއްކަމަށްވާ އެވިޑް ކޮލެޖުން އެ ކޮލެޖުގެ 2023 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ. މާލޭ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ހޯލުގައި ކުރިއަށް ދިޔަ މި ދަސްވެނިވުމުގެ ހަފުލާ ޝަރަފްވެރިކޮށްދެއްވާފައި ވަނީ، އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު އެވެ. މި ރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ އަހަރީ ރިޕޯޓް ހުށަހެޅުމުގެ އިތުރުން، އެ ކޮލެޖުގެ ފެކަލްޓީތަކުން ދަސްވެނިމުނު...