އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯރޓް އެސޯސިއޭޝަން (އަޔާޓާ)ގެ އޮތަރައިޒްޑް ޓްރެއިނިންގ ސެންޓަރަކަށް ރާއްޖޭގެ އެންމެ ބޮޑު އެއް ޕްރައިވެޓް ކޮލެޖް ކަމަށްވާ އެވިޑް ކޮލެޖް މިއަދު ވެއްޖެއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދަރަޖަ ދެއްވައި ސެޓިފައިޑް ލިޔުން އެވިޑް ކޮލެޖާ ހަވާލުކޮށްދެއްވެވީ ސައުތު އޭޝިޔާ ރީޖަނަށް "އަޔާޓާ" އިން ކަނޑައަޅުއްވާފައިވާ ރީޖަނަލް ޓްރެއިނިން ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު ލޮކޭޝް މައްޓާއެވެ.

އެވިޑް ކޮލެޖްގެ ފަރާތުން ސެޓްފިކެޓާއި ހަވާލުވެލެއްވެވީ ކޮލެޖްގެ ޗެއާމަން ޢަބްދުﷲ މުސްތާޤް ރަޝާދެވެ.
އޮތަރައިޒްޑް "އަޔާޓާ" ޓްރެއިނިންގ ސެންޓަރަކަށް އެވިޑް ކޮލެޖް ހަމަޖެހުމާއެކު "އަޔާޓާ" ގެ ވެބްސައިޓުގައިވާ ޓްރެއިނިން ޕާރޓްނާސް ލިސްޓްގައި އެވިޑް ކޮލެޖްގެ ނަން ހިމެނިގެންދާނެއެވެ. އަދި ގިނަ އަދަދެއްގެ ކޯސްތައް އެވިޑް ކޮލެޖުން ހިންގޭނެ ކޯސްތަކަކަށް މިހާރު ވަނީ ވެގެން ގޮސްފައެވެ.

އެވިޑް ކޮލެކުން މިހާރު ހިންގޭނެ އިތުރު ކޯސްތައް:
- ފައުންޑޭޝަން އިން ޓްރެވަލް އެންޑް ޓޫރިޒަމް ވިތު ސޭބަރ
- ފައުންޑޭޝަން އިން ޓްރެވަލް އެންޑް ޓޫރިޒަމް ވިތު ސޭބަރ ފޯ ދަ ލީޑާޝިޕް އެންޑް މެނޭޖްމަންޓް ޓްރެއިނިން ޕްރޮގްރާމް
- ފަންޑަމެންޓަލް ސްކިލްސް އިން ޖަރނީ ޕްރައިސިން އެންޑް ޓިކެޓިން
- ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމްސް ފެއާސް އެންޑް ޓިކެޓިން- ސޭބަރ
- ޓްރެވަލް އެންޑް ޓޫރިޒަމް ކޮންސަލްޓެންޓް

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!