އިސްލާމީ ޘަޤާފަތާއި ޙަޟާރަތު ކުރިއަރުވާ ޢިލްމުވެރިންގެ ޖަމިއްޔާ، އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން( އައިއޯސީސީ) އާއި، ރާއްޖޭގެ އަމިއްލަ ކޮލެޖެއްކަމަށްވާ އެވިޑް ކޮލެޖާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އައިއޯސީގެ ފަރާތުން ސޮއިކުރެއްވީ، އެ ޖަމިއްޔާގެ ރައީސް، އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ. އެވިޑް ކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖްގެ ޗެއާމަން އަބުދުﷲ މުޝްތާޤް ރަޝާދެވެ.
އެއްބަސްވުމާއެކު އައިއޯސީސީ އާއި އެވިޑް ކޮލެޖް ގުޅިގެން އެކި ސެމިނާތަކާއި، ވޯކްޝޮޕް އަދި ސައިންޓިފިކް ރިސާޗު ކުރިއަށް ގެންދާނެ އެވެ.
މީގެ އިތުރުން އައިއޯސީސީގެ ފަރާތުން ވަނީ އެވިޑް ކޮލެޖުގެ ފެކަލްޓީ ސްޓާފަކަށް ޕީއެޗްޑީ ސްކޯލާޝިޕެއް ދޭން ނިންމިކަން ޢިއުލާންކޮށްފައެވެ.
އައިއޯސީއަކީ ދީނީ ގިނަ ޢަދަދެއްގެ ޢިލްމުވެރިންނާއި ތަފާތު ދާއިރާތަކުގެ ޢިލްމީ ފުންނާބު އުސް ބޭފުޅުން ހިމެނޭހެން އުފައްދާފައިވާ ޖަމިއްޔާ އެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!