އެމްކިއުއޭ ގަބޫލުކުރާ އިތުރު ތިން ޕްރޮގުރާމެއް އެވިޑް ކޮލެޖުން ފަށަން ތައްޔާރުވެއްޖެ ކަމަށް އެ ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝްތާގް ރަޝާދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އެވިޑު ކޮލެޖުން ޔުނިވަސިޓީ އޮފް ވެސްޓަން ލަންޑަނާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

Ad
rt

މުޝްތާގު ވިދާޅުވީ މިއަދަކީ އެވިޑު ކޮލެޖަށް އަދި މުޅި ރާއްޖެއަށް ވެސް ވަރަށް އުފާވެރި، ތާރީހީ ދުވަހެއް ކަމަށެވެ.

އެގޮތުން ލަންޑަންގެ މި ޔުނިވަސިޓީއާއެކު މި ވެވުނު އެއްބަސްވުމުގެ ސަބަބުން އެވިޑު ކޮލެޖުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅުކުރުމަށް މަސައްކަތް ކުރަން މުހިންމު ފުރުސަތެއް ލިބިގެންދާނެ ކަމަށް މުސްތާގު ވިދާޅުވި އެވެ. އަދި މީގެ ކުރިންވެސް މި ޔުނިވަސިޓީ އާއެކު އެއްބަސްވުމެއްގައި ސޮއި ކުރި ނަމަވެސް މިއަދު ސޮއިކުރި އެއްބަސްވުމަކީ އިތުރު ގިނަ ކަންތައްތަކެއް ހިމެނޭ ގޮތަށް ސޮއިކުރެވިގެންދިޔަ އެއްބަސްވުމެއްކަން އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.

"މީގެ ސަބަބުން ރާއްޖޭގެ އެހެނިހެން ދާއިރާތަކަށް މީހުން ތަމްރީނުކުރުމަށް އެވިޑު ކޮލެޖުން މި ޔުނިވަސިޓީއާއެކު ޝާމިލުވާނެ. އެ ޔުނިވަސިޓީ އަކީ ލަންޑަން ޔުނިވަސިޓިގެ 2023 ގައި ރޭންކު ކުރެވިފައިވާ ތަނެއް. މަޝްހޫރު ޔުނިވަސިޓީއަކާއެކީގައި އަޅުގަނޑުމެން މަސައްކަތް ކުރަން ލިބުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގަ އެވިޑު ކޮލެޖުން މިހާރު ކިޔަވަމުންދާ ދަރިވަރުންނަށްވެސް އެތަކެއް މައުލޫމާތުތަކެއް ފަހިވެގެންދާނެ މަސައްކަތެއް." މުސްތާގު ވިދާޅުވި އެވެ.

އެވިޑުން ޔުނިވާސިޓީ އޮފް ވެސްޓް ލަންޑަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

މުޝްތާގު ވިދާޅުވީ އެ ކޮލެޖުން ފެށުމަށް ތައްޔާރުވާ އެމްކިއުއޭ ގަބޫލުކުރާ ތިން ޕްރޮގުރާމަކީ މާސްޓާސްގެ ޕްރޮގުރާމަކާއި ބެޗްލާސްގެ ދެ ޕްރޮގްރާމެއް ކަމަށެވެ. އަދި އެއީ ފައިނޭންސާއި ބިޒްނަސް ދާއިރާ އިން ކަމަށެވެ.

ގާނޫނީ ދާއިރާ އާއި އެޑިއުކޭޝަން ދާއިރާ އަދި އޭވިއޭޝަން ދާއިރާއިން ވެސް ތަފާތު ޕްރޮގުރާމުތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް މުސްތާގު ވިދާޅުވި އެވެ.

އެވިޑު ކޮލެޖުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝްތާގް ރަޝާދު އެވެ. ޔުނިވަސިޓި އޮފް ލަންޑަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކޮލެޖުގެ ވައިސް ޗާންސެލާ ޕްރޮފެސަރު ޕީޓާ ޖޯން އެވެ.