އެވިޑު ކޮލެޖުން ޔުނިވަސިޓީ އޮފް ވެސްޓަން ލަންޑަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިއްޔެ އެވިޑު ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން އަބްދުﷲ މުޝްތާގް ރަޝާދުއެވެ. އަދި ޔުނިވާސިޓި އޮފް ލަންޑަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮލެޖުގެ ވައިސް ޗާންސެލާ ޕްރޮފެސަރު ޕީޓާ ޖޯން އެވެ.
އެވިޑުގެ ޗެއާމަން މުޝްތާގު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން އެވިޑު ކޮލެޖުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅުކުރުމަށް މަސައްކަތް ކުރަން މުހިންމު ފުރުސަތެއް ލިބިގެންދާނެ ކަމަށެވެ.
އަދި މީގެ ކުރިންވެސް އެ ޔުނިވަސިޓީއާއެކު އެއްބަސްވުމެއްގައި ސޮއި ކުރި ކަމަށާއި ނަމަވެސް މި ސޮއިކުރި އެއްބަސްވުމަކީ އިތުރު ގިނަ ކަންތައްތަކެއް ހިމެނޭ ގޮތަށް ސޮއިކުރެވިގެންދިޔަ އެއްބަސްވުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އެހެނިހެން ދާއިރާތަކަށް މީހުން ތަމްރީނުކުރުމަށްޓަކައި އެވިޑު ކޮލެޖުން އެ ޔުނިވަސިޓީއާއެކު ޝާމިލުވާނެ ކަމަށްވެސް މުޝްތާގު ވިދާޅުވިއެވެ.
މުޝްތާގު ވިދާޅުވީ އެމްކިއުއޭ ގަބޫލުކުރާ އިތުރު ތިން ޕްރޮގުރާމެއް ފެށުމަށް އެވިޑު ކޮލެޖުން ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން މާސްޓާސްގެ ޕްރޮގުރާމަކާއި ބެޗްލާސްގެ ދެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ފައިނޭންސާއި ބިޒްނަސް ދާއިރާއިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!