އެވިޑް ކޮލެޖްގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އެންޑް ލޯއިން އިންތިޒާމްކޮށްގެން، މިއަހަރުވެސް ރޯދަމަހަށް ހާއްސަކޮށްގެން ދީނީ މައުލޫމާތު ހިމެނޭގޮތަށް ސުވާލު ތައްޔާރުކޮށް ކުއިޒްއެއް ބޭއްވުމަށް ނިންމައިފިއެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކުއިޒްގެ ނަމަކީ "އެވިޑް ރަމަޟާން ކުއިޒް 1444" އެވެ. ވޭތުވެދިޔަ އަހަރެކޭ އެއްފަދައިން އެވިޑް ކޮލެޖުން މިއަހަރުގެ ކުއިޒްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެވިޑް ކޮލެޖްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށެވެ.

Ad
rt

މި ކުއިޒުގައި ރޯދަ މަހުގެ ކޮންމެ ދުވަހަކު ދީނީ ސުވާލެއް ހުށަހެޅުމުން، ރޭގަނޑު 12:00 ކުރިން އެސުވާލުގެ ޖަވާބު ފޮނުވަން ޖެހޭނެއެވެ. ސުވާލުތަކުގެ ރަނގަޅު ޖަވާބު ފޮނުވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ރަނގަޅު ޖަވާބު ފޮނުވާފަރާތަކަށް ވޭތުވެދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް އިނާމެއް ދިނުމަށް އެވިޑް ކޮލެޖުން ވަނީ ކަނޑައަޅާއިފައެވެ.

އެކަކަށްވުރެ ގިނަ މީހުން އެންމެ ގިނަ ރަނގަޅުޖަވާބު ފޮނުވާފައިވާނަމަ އިނާމު ލިބޭ މީހަކު ހޮވާނީ އެ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެންނެވެ.

“އެވިޑް ރަމަޟާން ކުއިޒް 1444" ކާމިޔާބުކުރާ ފަރާތަކަށްވެސް އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޢުމްރާ ދަތުރެކެވެ.

އެވިޑް ކޮލެޖުން މިދިޔައަހަރުގެ ރަމަޟާންމަހު ބޭއްވި ކުއިޒް މުބާރާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނުކަމަށް އެކޮލެޖުން ބުންޏެވެ.

މިދިޔަ އަހަރުގެ ކުއިޒް މުބާރާތް ކާމިޔާބުކޮށްގެން ޢުމްރާ ދަތުރު ހާޞިލްކުރެއްވީ ޅ. ހިންނަވަރު، ދައުހަދާގޭ އައިޝަތު އަމާނީއެވެ.