ރާއްޖޭގައި ފުޅާދާއިރާއެއްގައި ތައުލީމް ފޯރުކޮށްދެމުން އަންނަ އަމިއްލަ ކޮލެޖެއްކަމަށްވާ އެވިޑު ކޮލެޖްގެ ފަރާތުން "އެވިޑް ރަމަޟާން ކުއިޒް 1443" ނަމުގައި ސުވާލު މުބާރާތެއް ފަށައިފިއެވެ.
އެވިޑް ކޮލެޖްގެ ފޭސްބުކް މެދުވެރިކޮށް ކުރިއަށް ގެންދާ މި ސުވާލު މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ މިއަދުން ފެށިގެން ރަމަޟާންމަހުގެ ނިޔަލަށެވެ.
މުބާރާތް ކުރިއަށް ގެންދިޔުމުގައި މިއަދުން ފެށިގެން ކޮންމެ ދުވަހަކު ވެސް އެއް ސުވާލު އެ ކޮލެޖްގެ ފޭސްބުކް ޕޭޖުގައި ޝާޢިއުކުރާނެއެވެ. މިގޮތުން މިއަދުގެ ސުވާލު މިހާރު ވަނީ ޝާޢިއުކޮށްފައެވެ. މިއަދުގެ ސުވާލަކީ ކީރިތި ޤުރްއާންގެ ސޫރަތްތަކުގެ ތެރެއިން ފެށުމުގައި ބިސްމި އޮންނަނީ ކިތައް ސޫރަތުގައިތޯ؟ އެވެ.
ސުވާލަށް ޖަވާބުދޭން ޖެހެނީ ސުވާލާއި އެޓޭޗްކޮށްފައިވާ ގޫގުލް ފޯމް މެދުވެރިކޮށެވެ. އެދުވަހެއްގެ ސުވާލަށް އެ ދުވަހެއްގެ 23:59 ގެ ކުރިން ޖަވާބު ހުށަހަޅަހަންޖެހެއެވެ.
މި މުބާރާތަކީ އެވިޑްގެ މުވައްޒަފުން ފިޔަވައި، ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް ބައިވެރިވެވޭނެހެން ހުޅުވާލާފައިވާ މުބާރާތެކެވެ.
މި މުބާރާތުގެ ސުވާލުތަކުން އެންމެ ގިނަ ސުވާލުތަކަށް ރަނގަޅުޖަވާބުދޭ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ދޭން ނިންމާފައިވާކަށް އެ ކޮލެޖުން މައުލޫމާތުދެއެވެ.
މިދެންނެވި ގުރުނެގުން އޮންނާނީ ފިޠުރު ޢީދުގެ ފަހުން ކަމަށް ވެސް އެ ކޮލެޖުން މައުލޫމާތުދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!