އެވިޑް ކޮލެޖުން ގދ. ތިނަދޫ ކެމްޕަހުގައިވެސް " އަޔާޓާ " އޮތޮރައިޒްޑް ކޯސްތައް ހިންގުމަށް ހަމަޖައްސައިފިއެވެ.
މެއި މަހުގެ 30 ވަނަ ދުވަހު އެވިޑް ކޮލެޖްގައި ބޭއްވި ރަސްމިއްޔާތެއްގައި އެވިޑް ކޮލެޖް، " އަޔާޓާ " އޮތޮރައިޒްޑް ޓްރެއިނިންގ ސެންޓަރަކަށް ހަމަޖެހުނުކަމަށް އިއުލާން ކުރެއްވީ އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) ގެ ރީޖަނަލް ޓްރެއިނިން ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު ލޮކޭޝް މައްޓާއެވެ. މިއާއެކު ރާއްޖޭގައި " އަޔާޓާ " ގެ ތަމްރީން ކޯސްތައް ހިންގާ އިތުރު މަރުކަޒެއްގެ ގޮތުގައި ތިނަދޫގައި ހުންނަ އެވިޑް ކޮލެޖްގެ ކެމްޕަސް ވަނީ ހަމަޖައްސާފައެވެ.
މިކަން އިއުލާން ކޮށްފައިވަނީ މިމަހުގެ 1 ވަނަ ދުވަހު އެވިޑް ކޮލެޖުން ޢިންތިޒާމްކޮށްގެން ސޮލައިޓް ރެސްޓޮރެންޓްގައި ބޭއްވި ސެމިނާ ފެށުމުގެ ރަސްމިއްޔާތުގައެވެ.

އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާޤް ރަޝާދު ވިދާޅުވީ "އަޔާޓާ" ގެ ތަމްރީން ކޯސްތައް ހުވަދު އޮތޮޅުގައި ހިންގުމަކީ އޭނާ ވަރަށްކުރީއްސުރެ ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އަދި އެކަން މިއަދު ހަގީގަތަކަށް ބަދަލުވެ އެވިޑް ކޮލެޖްގެ ނަން އަނެއްކާވެސް ރަންއަކުރުން ތާރީހުގައި ފަވާލެވިއްޖެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެވިޑް ކޮލެޖުގެ މާލޭ ކެމްޕަހާއި ތިނަދޫގައި ހުންނަ ކެމްޕަހުގައި " އަޔާޓާ " އޮތޮރައިޒްޑް 13 ޕްރޮގްރާމް ހިންގުމުގެ ހުއްދަ ވަނީ ލިބިފައެވެ.
އެ ޕްރޮގްރާމްތަކަކީ
- އެސިސްޓިންގ ޓްރެވެލަރސް ވިތް ސްޕެޝަލް ނީޑްސް
- އީ ކޮމަރސް އިންދަ ޓްރެވެލް އިންޑަސްޓްރީ
- ފައުންޑޭޝަން އިން ޓްރެވެލް އެންޑް ޓުއަރިޒަމް ވިތް އެމެޑަސް
- ފައުންޑޭޝަން އިން ޓްރެވެލް އެންޑް ޓުއަރިޒަމް ވިތް ގެލެލިއޯ
- ފައުންޑޭޝަން އިން ޓްރެވެލް އެންޑް ޓުއަރިޒަމް ވިތް ސޭބަރ
- ފައުންޑޭޝަން އިން ޓްރެވެލް އެންޑް ޓުއަރިޒަމް ވިތް ސޭބަރ ފޯރ ދަ ލީޑަރޝިޕް އެންޑް މެނޭޖްމެންޓް ތްރެއިނިންގ ޕްރޮގްރާމް
- ފަަންޑަމެންޓަލް ސްކިލްސް އިން ޖަރނީ ޕްރައިސިނގް އެންޑް ޓިކެޓިންގ
- ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމްސް ފެއަރސް އެނޑް ޓިކެޓިނގް – އެމެޑަސް
- ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމްސް ފެއަރސް އެނޑް ޓިކެޓިނގް – ގެލެލިއޯ
- ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމްސް ފެއަރސް އެނޑް ޓިކެޓިނގް – ސޭބަރ
- މެނޭޖިންގ ދަ ޓްރެވެކް ބިޒްނަސް
- ސޯޝަލް މީޑިއާ ސްޓްރެޖީ ފޯރ ދަ ޓްރެވެލް އިންޑަސްޓްރީ، އީ ލަރނިންގ
- ޓްރެވެލް އެންޑް ޓުއަރިޒަމް ކޮންސަލްޓެންޓް
އެވިޑް ކޮލެޖުން މަޢުލޫމާތު ދެއްވި ގޮތުގައި އެކޮލެޖުން މިހާރު ދަނީ "އަޔާޓާ" ގެ ތަމްރީން ޕްރޮގްރާމްތައް ފެށުމަށްޓަކައި ކުރަންޖެހޭ ރަސްމީ ހުރިހާ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!