މަސައްކަތުގެ އުޖޫރަ ނުދޭ މައްސަލަ ހައްލުކުރަން ގާނޫނެއް ހަދަން ޖެހޭ
މަސައްކަތް ކުރުމަށްފަހު އުޖޫރަ ނުދިނުމަކީ މިހާރު ރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑު މުސީބާތެއް ކަމަށާއި މިކަން ހައްލުކުރުމަށް ޚާއްޞަ ގާނޫނެއް ހަދަން ޖެހޭ ކަމަށް ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެ އެވެ. ފޭސްބުކުގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިބްރޭ ވިދާޅުވެފައިވަނީ “ރާއްޖޭގައި ފަހަކަށްއައިސް ދިމާވާ އެންމެ ބޮޑު މުސީބާތަކީ މަސައްކަތް ކުރުމަށްފަހު އުޖޫރަނުދިނުމެވެ، ހައްގުއަދާނުކުރުމެވެ، އިންސާފު ނުލިބުން، މިކަމަށް ގާނޫނެއް ހަދަންއެބަޖެހޭ” ކަމަށެވެ. އިބްރޭ އ...