ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް މަރުތަކަށް އިންސާފު ހޯދައިދީ، ކުރިން ޖަލުގައި ހިންގާފައިވަ ޖަރީމާތަކަށް އިންސާފު ހޯދައިދޭން ވައުދުވި ކަމަށާއި، ނަމަވެސް އެއިން އެއްވެސް ކަމަށްކަށް ''ރިއެކްޓް'' ނުކުރަށްވާ ދެއްވީ މަޤާމުން އިސްތިއުފާކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް މާލޭ ސަލްޓަންޕާކުގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ ރައީސް ޞާލިޙަށް ނިސްބަތްކުރައްވާ، ރައީސް ޞާލިޙް އަށް އެއްވެސް ކަމެއް ނުކުރެއްވުނު ކަމަށާއި، "ރިއެކްޓެއް ނުކުރެއްވި" ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުން ވޯޓު ދިނީ އެމްޑީޕީގެ މެނިފެސްޓޯއަށް ކަމަށާއި އެތައް ވައުދެއް ވެގެން ވެރިކަމަށް ވަޑައިގެން އެކަންކަން ފުއްދަވައިދެއްވުމަށް އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާ ކަމަށް ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވުން އެމްޑީޕީގެ ދެ ފެކްޝަންގެ މެދުގައި މިހާރު އޮތް އެންމެ ހޫނު އެއް ބަހުސްގެ މައުލޫއަކީ ވެސް ''ރިއެކްޓް'' އެވެ. މި ބަހުސްގައި ބައިވެރިވެވަޑައިގަންނަވައި އިބްރޭ ވިދާޅުވީ ރައީސް ނަޝީދު ވެސް ވެރިކަމަށް ވަޑައިގަތީ އިވާން ނަސީމާއި އަދި ސޮލާހުގެ މަރުތަަކާއި އަދި ޖަލުގަ ހިންގި ލާއިންސާނީ ޖަރީމާތަކަށް އިންސާފު ހޯދައިދޭނެ ކަމަށް ވައުދުވެގެން ކަމަށެވެ.
''މީގެ އެއްވެސް މަރަކަށް އަދި އެއްވެސް ފަރާތަކަށް އިންސާފުނުލިބި އެއްވެސް ރިއެކްޓެއް ނުކޮށް ނަޝީދު ދިނީ އިސްތިއުފާ'' އިބްރޭ ވިދާޅުވެފަވެއެވެ.
ނަޝީދު ވެރިކަމަށް އައި އިވާން ނަސީމާއި އަދި ސޮލާހުގެ މަރުތަަކާއި އަދި ޖަލުގަ ހިންގި ލާއިންސާނީ ޖަރީމާތަކަށް އިންސާފު ހޯދައިދޭނެ ކަމަށް ވައުދުވެގެން. މީގެ އެއްވެސް މަރަކަށް އަދި އެއްވެސް ފަރާތަކަށް އިންސާފުނުލިބި އެއްވެސް ރިއެކްޓެއް ނުކޮށް ނަޝީދު ދިނީ އިސްތިއުފާ!@DhiMdv #Ibu2023
— Ibrahim Shareef (kelaa dhaaira MP) (@kelaaibrey) December 30, 2022
ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ދިޔަ ރައީސް ޞާލިޙްގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ''ރިއެކްޓް'' ބަހުސްގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވަނީ، ރައީސް ޞާލިޙް ރިއެކްޓު ނުކުރައްވާ ކަމަށް ވިދާޅުވުމުން ހައިރާންވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީއަކީ އަބަދުވެސް ހަ ކުޅި ކުރިއަށް ކުޅޭ ޕާޓީއެއް ކަމަށް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!