ކުޅުދުއްފުށީ "މަލަފެހި" ނާސަރީ ޤާއިމް ކުރުމުގެ މަސައްކަތް ނިންމާލައިފި
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ގަސް އިންދާ ނާސަރީ، (މަލަފެހި ނާސަރީ) ޤާއިމް ކުރުމުގެ މަސައްކަތް ނިންމާލަައިފިއެވެ. “ފިނިފެހި ސިޓީ” މި މަޝްރޫޢުގެ ދަށުން ދިވެހި ރެޑްކްރެސެންޓް އާއި ސިޓީ ކައުންސިލުން ގުޅިގެން މި ނާސަރީ ޤާއިމް ކޮށްފައިވަނީ ނޮދަން އޮފީސް ކޮމްޕްލެކްސްގެ ގޯތިތެރޭގައެވެ. މި ނާސަރީގެ މައިގަނޑު މަޤުސަދަކީ ރަށުގެ ތިމާވެށިގެ ހާލަތު ރަނގަޅުކޮށް، ގްރިންޒޯނާއި އާންމު ތަންތަނަށް ބޭނުންވާހެން އެކި އެކި ގަސް އުފައްދައި، ރަށް ޒީނަތްތެރިކުރުމާއި ރަށުން ނެތެމުންދާ ގަސްތައް އަލުން އާލާކޮށް، އަމިއްލަ...