މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ކުޅުދުއްފުށީ ސިޓީ ކައުންސިލް

372 Stories filed
މަޝްރޫއުތައް ނުފެށި އޮތުމަކީ މޭޔަރުގެ އެންމެ ބޮޑު ކަންބޮޑުވުން
Thiladhunmathi News

މަޝްރޫއުތައް ނުފެށި އޮތުމަކީ މޭޔަރުގެ އެންމެ ބޮޑު ކަންބޮޑުވުން

2024 ވަނަ އަހަރު ފާއިތުވެގެންދިޔައިރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، އެ އަހަރު ބަޖެޓުގައި ހިމަނައިގެން ކުޅުދުއްފުށީގައި ފެށުމަށް ނިންމާފައިވާ އެއްވެސް ކަމެއް ކުރިއަށް ގޮސްފައި ނުވުން ކަމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އާތިފް ވިދާޅުވީ ދައުލަތުގެ ބަޖެޓުގައި 2024 ވަނަ އަހަރު ކުޅުދުއްފުށީގައި ކުރިއަށްގެންދިއުމަށް ހިމަނާފައިވާ މަޝްރޫއުތަކުގެތެރެއިން ހަމަ އެންމެ މަޝްރޫއުއެއް ވެސް ނުފެށި، މައިސަރުކާރުން ކުރިން ހިންގަމުންއައި...

އެމްޑީޕީގެ ޖަލްސާ ކަވަރުކުރަން ޚަރަދުކުރިކަމަށް ބުނެ ފަތުރަނީ ދޮގެއް: ސިޓީ ކައުންސިލް
Thiladhunmathi News

އެމްޑީޕީގެ ޖަލްސާ ކަވަރުކުރަން ޚަރަދުކުރިކަމަށް ބުނެ ފަތުރަނީ ދޮގެއް: ސިޓީ ކައުންސިލް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން މިފަހުން ކުޅުދުއްފުށީގައި ބޭއްވި ޖަލްސާ ކަވަރުކުރަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ޚަރަދުކުރިކަމަށް ބުނެ ބައެއް މީޑިއާތަކުގައި ފަތުރަނީ ޙަޤީޤަތެއްނެތް ދޮގެއްކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނެފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖެ ޓީވީގެ ކުރޫގެ ދަތުރާއި، ކެއުމާއި ތިބުމުގެ އިންތިޒާމް ހަމަޖައްސައިދީފިނަމަ ކުޅުދުއްފުށީގެ މައުލޫމާތު ގެނެސްދިނުމަށް ރާއްޖެ ޓީވީގެ އެއަރޓައިމް އަށް އަދި ކޮންޓެންޓް ހެ...

ކުޅުދުއްފުށީގައި މިސްކިތު ގާރީ ކުލާސް ފަށައިފި
Thiladhunmathi News

ކުޅުދުއްފުށީގައި މިސްކިތު ގާރީ ކުލާސް ފަށައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާ ގުޅިގެން ކުޅުދުއްފުށީގައި ކުރިއަށް ގެންދާ މިސްކިތު ގާރީ ކުލާހުގެ ކިޔެވުން ފަށައިފިއެވެ. މި ކުލާހުގައި ބައިވެރިވާން އެންމެ ފުރަތަމަ ހުށަހެޅި 30 ބައިވެރިންނާއިއެކު ކުލާސްތައް ފަށާފައިވާއިރު، މި ކުލާސްތައް ކުރިއަށް ގެންދަނީ އެ ރަށު އެންމެ ބޮޑު މިސްކިތްކަމުގައިވާ މަސްޖިދުލް ހަޟާރާތުގައެވެ. މިސްކިތު ގާރީ ކުލާސް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމ...

ކައުންސިލުތަކަށް ކަނޑައަޅާފައިވާ ބަޖެޓް ކުޑަކޮށްފައި އޮތުމުން މޭރަރު އާތިފްގެ ކަންބޮޑުވުން
Thiladhunmathi News

ކައުންސިލުތަކަށް ކަނޑައަޅާފައިވާ ބަޖެޓް ކުޑަކޮށްފައި އޮތުމުން މޭރަރު އާތިފްގެ ކަންބޮޑުވުން

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ކަނޑައަޅާފައިވާ ފައިސާ ބޮޑުތަނުން މަދުވުމާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ މޭޔަރ މުހައްމަދު އާތިފް ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިއަދި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގައި ކައުއުންސިލް ތަކުގެ ބްލޮކް ގްރާންޓްގެ ގޮތުގައި ލިބެންޖެހޭ އަދަދު ކުޑަކޮށް ސަރުކާރުން މަޖިލީހަށް ބަޖެޓް ހުށަހެޅުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. މޭޔަރ އިތުރަށް ވިދާޅުވީ ދައުލަތުގެ ބަޖެޓުގެ %5 އަށް ބަލާނަމަ، 2025 ވަނަ އަހަރު ކ...

ކުޅުދުއްފުށި އިސްރަށްވެހިންނަށް ޕާކެއް ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަނީ
Thiladhunmathi News

ކުޅުދުއްފުށި އިސްރަށްވެހިންނަށް ޕާކެއް ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަނީ

ކުޅުދުއްފުށި ސިޓީގައި އިސްރަށްވެހިންނަށް ޕާކެއް ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މި ބީލަމުގައި ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތަކުން އެކަމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަ...

ކުޅުދުއްފުށީ މިސްކިތު ގާރީ ކުލާހުގައި ބައިވެރިވުމުގެ ފުރުސަތު
Thiladhunmathi News

ކުޅުދުއްފުށީ މިސްކިތު ގާރީ ކުލާހުގައި ބައިވެރިވުމުގެ ފުރުސަތު

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާ ގުޅިގެން ކުޅުދުއްފުށީގައި ކުރިއަށް ގެންދާ މިސްކިތު ގާރީ ކުލާހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 10 ވަނަ ދުވަހުގެ 14:00 އާއި ހިސާބަށް ހުޅުވާލާފައިވާއިރު، ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ފޯމް ފުރިހަމަ ކުރުމަށް ފަހު އެންމެ ފުރަތަމަ ފޯމް ހުށަހަޅާ 30 ފަރާތަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 10 އަހަރުފުރި 18 އަހަރު ނުފުރޭ ކުއްޖަކަށް [...

ލާމު މެރަތަން އިން ރަންވަނަތައް ހާސިލްކުރި ކުޅުދުއްފުށީގެ އައިރަނާސްގެ ދުވުންތެރިންނަށް ސިޓީކައުންސިލްގެ މަރުހަބާ
Thiladhunmathi News

ލާމު މެރަތަން އިން ރަންވަނަތައް ހާސިލްކުރި ކުޅުދުއްފުށީގެ އައިރަނާސްގެ ދުވުންތެރިންނަށް ސިޓީކައުންސިލްގެ މަރުހަބާ

ލާމަސީލު ލާމު މެރަތަން 2024 އިން ރަންވަނަތައް ހާސިލްކުރި ކުޅުދުއްފުށީގެ އައިރަނާސްގެ ދުވުންތެރިންނަށް ކުޅުދުއްފުށީ ސިޓީކައުންސިލްގެ މަރުހަބާކިޔައިފިއެވެ. އެ ދުވުންތެރިންނަށް މަރުޙަބާކިޔައި ސިޓީ ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެ ސިޓީގެ އައިރަނާސްގެ ތިން ދުވުން ތެރިން އަހުމަދު އަލީ އާއި އަހުމަދު ހާމީ އަދި އަހުމަދު އަލީ ލާމަސީލު ލާމު މެރަތަން 2024 އިން ރަންވަނަތައް ހާސިލްކޮށް، ރަށަށް ރީތިނަން ހޯދައިދީފައިވާތީ މަރުހަބާ ކިޔާ ކަމަށެވެ. މި ދުވުންތެރިންގެ ތެރެއިން އަހުމަދު އަލީ ވަނީ […]

ބޮނބިނަރުން ގަހަނާ ހަދަން ދަސްކޮށްދޭ ޕްރޮގްރާމެއް ކުޅުދުއްފުށީގައި ފަށައިފި
Thiladhunmathi News

ބޮނބިނަރުން ގަހަނާ ހަދަން ދަސްކޮށްދޭ ޕްރޮގްރާމެއް ކުޅުދުއްފުށީގައި ފަށައިފި

ބޮނބިނަރާއި ރޯނުން ގަހަނާ ހަދަން ދަސްކޮށްދޭ ޓްރެއިނިން ޕްރޮގްރާމެއް ކުޅުދުއްފުށި ސިޓީގައި މިއަދު ފަށައިފިއެވެ. މިއީ ކެނެޑާ ފަންޑް ފޯ ލޯކަލް އިނީޝިއެޓިވްގެ އެހީތެރިކަމާ އެކު މޯލްޑިވްސް ވެޓްލޭންޑްސް ފައުންޑޭޝަނުން ހިންގާ “ވެޓްލޭންޑް ލައިވްލިހުޑް ޕްރޮޖެކްޓް” ގެ ދަށުން ކުޅުދުއްފުށީ ސިޓީ ކައުންސިލާ ގުޅިގެން އެ ރަށުގައި ހިންގާ ޓްރެއިން ޕްރޮގްރާމެކެވެ. މި ޓްރެއިނިން ޕްރޮގްރާމުގައި ދިވެހިންގެ ސަގާފަތުގައި ހިމެނޭ ބޮނބިނަރާއި ރޯނުން ޒަމާނީ އުފެއްދުންތަކެއް ތައްޔާރު ކުރަން ދަށްކޮށްދޭނެއެވެ. މިގޮތުން  ބޮނބި...

ކުޅުދުއްފުށީގައި ހޯމް ގާޑެނިން އާއި ދަނޑުވެރިކަމާ ބެހޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް
Thiladhunmathi News

ކުޅުދުއްފުށީގައި ހޯމް ގާޑެނިން އާއި ދަނޑުވެރިކަމާ ބެހޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް

ހދ. ކުޅުދުއްފުށި ސިޓީގައި ހޯމް ގާޑެނިންގ އާއި ދަނޑުވެރިކަމާ ބެހޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި ޕްރޮގްރާމަކީ އެ ކައުންސިލާއި އެގްރިކޮންސަލްޓިންގ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ހޯމް ގާޑެނިންގ އަދި ދަނޑުވެރިކަމާ ބެހޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ 3 ދުވަހުގެ މުއްދަތަށެވެ. މި ޕްރޮގްރާމްގައި އެ ސިޓީގެ 45 މީހަކު ބައިވެރިވެފައިވާކަމަށް ވެސް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ...

ކުޅުދުއްފުށީ މަށިކުޅީގައި ވިއުވިން ޕްލެޓްފޯމެއް ތަރައްޤީކުރަން ހަވާލުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީ މަށިކުޅީގައި ވިއުވިން ޕްލެޓްފޯމެއް ތަރައްޤީކުރަން ހަވާލުކޮށްފި

ހދ.ކުޅުދުއްފުށީ ސިޓީގެ މަށިކުޅީގައި ވިއުވިން ޕްލެޓްފޯމެއް ތަރައްޤީކުރަން ހަވާލުކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާ އެވެ. މި ޕްލެޓްފޯމަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން ޒިގްޒެގް ފޯ ޔޫތް ލިންކޭޖްގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އީ.އައި.އޭ ރިޕޯޓާއި ސްޓްރަކްޗަރަލް ޑްރޯވިންސެޓް ތައްޔާރުކުރުމާއި ހަޓް އަދި ވޯކްވޭގެ ޑެކިން މެޓީރިއަލްސްގެ ތެރެއިން 90 އިންސައްތަ ފޯރުކޮށްދީފައިވަނީ ޒިގްޒެގް ފޯ ޔޫތް ލިންކ...

ކުޅުދުއްފުށި ޗެމްޕިއަންޝިޕް: ސެމީގައި ހަނިމާދޫއާއި ކޮރަލްސް އަދި ހިރިމަރަދޫއާއި ޒިގްޒެގް
Thiladhunmathi News

ކުޅުދުއްފުށި ޗެމްޕިއަންޝިޕް: ސެމީގައި ހަނިމާދޫއާއި ކޮރަލްސް އަދި ހިރިމަރަދޫއާއި ޒިގްޒެގް

ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާއި ކުޅުދުއްފުށީ ކްލަބް ކޮރަލް އަދި ހިރިމަރަދޫ ޑޮމިނޭޓާސްއާއި ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖް ވާދަކުރަން ޖެހިއްޖެއެވެ. މިއަދު ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާއި ޒިގްޒެގް ބައްދަލުކުރި މެޗާއިއެކު ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ވަނީ ކުޅެ ނިމިފައެވެ. މިއަދުގެ މެޗު 5-2 ގެ ނަތީޖާއިން ކާމިޔާބުކޮށްފައި ވަނީ ހަނިމާދޫއިންނެވެ. މިއީ ގްރޫޕް ބީގެ މެޗެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ތިން ލަނޑުޖަހައި...

ކޮރަލްސް އާއި ސެނޮން މެޗުން ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފަށައިފި
Thiladhunmathi News

ކޮރަލްސް އާއި ސެނޮން މެޗުން ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފަށައިފި

ކުޅުދުއްފުށީ ކްލަބް ކޮރަލްސްއާއި ނޭކުރެންދޫ ކްލަބް ސެނޮން ބައްދަލުކުރި މެޗުން ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ މި މުބާރާތް އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ފަށާފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ ގްރޫޕް އޭގައި ހިމެނޭ ކޮރަލްސްއާއި ސެނޮން އެވެ. މި މެޗު ނިމިގެންދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ފުރަތަމަ ދެ ލަނޑު ވެސް ޖެހީ ސެނޮން އިންނެވެ. […]

ކުޑަހުވަދޫގައި ބޭއްވި ބީޗު ހޭންޑްބޯޅަ މުބާރާތުގެ ތަށި ކުޅުދުއްފުއްޓަށް
Thiladhunmathi News

ކުޑަހުވަދޫގައި ބޭއްވި ބީޗު ހޭންޑްބޯޅަ މުބާރާތުގެ ތަށި ކުޅުދުއްފުއްޓަށް

ދ.ކުޑަހުވަދޫގައި ބޭއްވި “ދެވަނަ ބީޗުމާޓް ބީޗު ހޭންޑްބޯޅަ މުބާރާތް 2024” ގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ފެމެލީ ބޭކާސް ޓީމުން ހޯދައިފިއެވެ. މި މުބާރާތަކީ ކުޑަހުވަދޫ ސްޕޯޓްސް ކުލަބާއި ހޭންޑްބޯޅަ މޯލްޑިވްސް ގުޅިގެން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުޑަހުވަދޫގައި ބާއްވާފައިވާ މުބާރާތެކެވެ. ދެ ޖިންސަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގައި ފިރިހެން 5 ޓީމް އަދި އަންހެން 4 ޓީމް ވަނީ ބައިވެރިވެފައެވެ. ކުޅުދުއްފުށި ފެމެލީ ބޭކާސް ޓީމަކީ މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި ރަށުން ބޭރުން ބައިވެރިވި […]

ކުޅުދުއްފުށީ ސިޓީ ކައުންސިލް ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީ ސިޓީ ކައުންސިލް ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓް އިބްރާޙީމް މުހައްމަދު ކާމިޔާބުކޮށްފިއެވެ. މިއަދުގެ ބައި-އިލެކްޝަންގައި ކުޅުދުއްފުށީ އުތުރު ގޮނޑި ޕީއެންސީން ކާމިޔާބު ކޮށްފައިވާކަން އަދި އިލެކްޝަން ކޮމިޝަން (އީސީ) އިން ޢިއުލާން ނުކުރި ނަމަވެސް ވަގުތީ ނަތީޖާއަށް ބަލައި އެ ގޮނޑި ޕީއެންސީއަށް ކާމިޔާބުވެފައިވާތީ ޕީއެންސީން ވަނީ ކެންޑިޑޭޓް އިބްރާޙީމް މުހައްމަދަށް މަރުޙަބާ ކިޔާފައ...

ކުޅުދުއްފުށީގެ އީދު ކުޅިވަރަށް މިއަހަރު ވެސް ބޮޑު ސަމާލުކަމެއް
Thiladhunmathi News

ކުޅުދުއްފުށީގެ އީދު ކުޅިވަރަށް މިއަހަރު ވެސް ބޮޑު ސަމާލުކަމެއް

ކުޅުދުއްފުށީ ސިޓީގައި ކުލަ ގަދަކޮށް މިއަހަރު ވެސް ބޮޑު އީދު ފާހަގަކޮށްފައިވާއިރު މި އަހަރުގެ ކުޅިވަރުތަކަށް ވެސް ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ މިއަހަރުގެ ޢީދު ވެސް ކުލަގަދަކޮށް އެ ސިޓީގައި ފާހަގަކުރުމަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ. މިގޮތުން ގިނަ ކުޅިވަރުތަކެއް އެ ސިޓީގައި ވަނީ ބާއްވާފައެވެ. ބޮޑު ޢީދަށް އެ ސިޓީ ތައްޔާރުކޮށް ކުލަ ބޮކިތަކުން ދިއްލާލާފައިވާއިރު، އެ ސިޓީ ފެންނާން އޮތީ ވަރަށް ވެސް ހިތްގައިމުކޮށެވެ. މިގޮތުން މުޅި ސިޓީހެން ލައިޓްތަކާއި […]