މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ކުޅުދުއްފުށި ސިޓީ ކައުންސިލް

372 Stories filed
ޔުނެސްކޯގެ ސުނާމީ ރެޑީ ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ވޯކްޝޮޕް ކުޅުދުއްފުށީގައި ފަށައިފި
Thiladhunmathi News

ޔުނެސްކޯގެ ސުނާމީ ރެޑީ ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ވޯކްޝޮޕް ކުޅުދުއްފުށީގައި ފަށައިފި

ޔުނެސްކޯ-އައިއޯސީގެ ސުނާމީ ރެޑީ ރިކޮގްނިޝަން ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ‘ސުނާމީ ކޮމިއުނިޓީ ރެޑިނަސް’ ވޯކްޝޮޕް އިއްޔެ ކުޅުދުއްފުށި ސިޓީގައި ރަސްމީކޮށް ފަށައިފިއެވެ. މިއީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަދި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް ޢާއިޝަތު ޞަފޫރާ އަދި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު...

ކުޅުދުއްފުށީގައި ގެދޮރުވެރިކަމަށް ދޫކުރެވޭ ލޯނާއި ފައިނޭންސްއާ ގުޅުންހުރި މައުލޫމާތު ސެޝަނެއް
Thiladhunmathi News

ކުޅުދުއްފުށީގައި ގެދޮރުވެރިކަމަށް ދޫކުރެވޭ ލޯނާއި ފައިނޭންސްއާ ގުޅުންހުރި މައުލޫމާތު ސެޝަނެއް

ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ކުރިއަށްގެންދާ ގެދޮރުވެރިކަމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަނެއް ހދ. ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ. މި ސެޝަނުގައި  ގެދޮރު އިމާރާތްކުރުމާއި، މަރާމާތުކުރުމުގެ އިތުރުން، އެޕާޓްމަންޓާއި ފަރުނީޗަރު ގަތުމަށް ދޫކުރެވޭ ލޯނާއި ފައިނޭންސް އާ ގުޅުންހުރި މަޢުލޫމާތު ފޯރުކޮއްދޭނެކަމަށް ކުޅުދުއްފުށީ ސިޓީކައުންސިލުން ހާމަކޮއްފައިވެއެވެ. މި ސެޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، 25 ސެޕްޓެމްބަރ 2026ވާ ހުކުރު ދުވަހ...

ކުޅުދުއްފުށީގެ ވިޔަފާރިތަކަށާއި ހދ.ކައުންސިލްތަކަށް ބޮޑު ބާޒާރުން އިތުރު ފުރުޞަތުތަކެއް
Thiladhunmathi News

ކުޅުދުއްފުށީގެ ވިޔަފާރިތަކަށާއި ހދ.ކައުންސިލްތަކަށް ބޮޑު ބާޒާރުން އިތުރު ފުރުޞަތުތަކެއް

ރަޖިސްޓްރީކޮށްގެން ހދ. ކުޅުދުއްފުށި ސިޓީގައި ހިންގާ ވިޔަފާރިތަކަށާއި ހދ. އަތޮޅުގެ ރަށު ކައުންސިލްތަކަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ،  “ބޮޑުތިލަދުންމަތީ ބޮޑު ބާޒާރު” ގައި، ހިޔާކޮށްފައިވާ ޓެންޓް ގޮޅީގެ ގޮތުގައި އިތުރު 7 ޖާގައަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ. އެ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މި ފުރުޞަތު ހުޅުވާލެވިފައިވަނީ ރަޖިސްޓްރީކޮށްގެން ކުޅުދުއްފުށީ ސިޓީގައި ހިންގާ ވިޔަފާރިތަކަށާއި، ހދ. އަތޮޅުގެ ރަށު ކައުންސިލްތަކަށެވެ. މިކަމާގުޅިގެން އެ ކައުންސިލުން ކޮ...

ކުޅުދުއްފުށި ސާފު ސިޓީއަކަށް ހެދުމަށް ''ސިޓީ ކުލުނު'' އިނިޝިއޭޓިވް ތަޢާރަފުކޮށްފި
Thiladhunmathi News

ކުޅުދުއްފުށި ސާފު ސިޓީއަކަށް ހެދުމަށް ''ސިޓީ ކުލުނު'' އިނިޝިއޭޓިވް ތަޢާރަފުކޮށްފި

ކުޅުދުއްފުށި ސިޓީއަކީ ހިތްގައިމު އަދި ސާފު ސިޓީއަކަށް ހެދުމަށްޓަކައި ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމުގެ މަޤްޞަދުގައި ”ސިޓީ ކުލުނު“ ނަމުގައި ޚާއްޞަ އިނިޝިއޭޓިވްއެއް މިއަދު ފަށައިފިއެވެ. ސިޓީގެ އާންމު ޝަކުވާތަކާއި މުނިސިޕަލް މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދީ، ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، މި އިނިޝިއޭޓިވްގެ ދަށުން ޚާއްޞަ ވައިބަރ ނަންބަރެއް ސިޓީ ކައުންސިލުން މިއަދު ވަނީ އިފްތިތާޙުކޮށްފައެވެ. މި ވައިބަރ ނަންބަރު މެދުވެރިކޮށް އާންމުން ހުށަހަ...

ކުޅުދުއްފުށީގައި ހެޔޮ އަގުގައި ތެޔޮ ވިއްކަން އެފްއެސްއެމަށް 10،000 އަކަފޫޓުގެ ބިމެއް
Raajje

ކުޅުދުއްފުށީގައި ހެޔޮ އަގުގައި ތެޔޮ ވިއްކަން އެފްއެސްއެމަށް 10،000 އަކަފޫޓުގެ ބިމެއް

ހދ. ކުޅުދުއްފުށި ސިޓީގައި ތެޔޮ ގުދަންކޮށް، ތެލުގެ ވިޔަފާރި ހިންގުމަށްޓަކައި ބިން ހަމަޖެއްސުމާ ގުޅޭގޮތުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާ ދެމެދު އިއްޔެ މަޝްވަރާ ބައްދަލުވުމެއް ކުރިއަށްގެންގޮސްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި، އެފްއެސްއެމްގެ ފަރާތުން ފިއުލް ޝެޑެއް ނުވަތަ ފިއުލް ސްކިޑެއް ގާއިމުކުރުމަށްޓަކައި ބޮޑުމުހައްމަދު ކަލޭފާނު ބަނދަރު ސަރަހައްދުން ޖުމްލަ 10،000 އަ...

ކުޅުދުއްފުށީގެ ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށް އެންމެން އެކުގައި އަތުގުޅައިލުމަށް ސިޓީ ކައުންސިލްގެ އިލްތިމާސެއް
Thiladhunmathi News

ކުޅުދުއްފުށީގެ ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށް އެންމެން އެކުގައި އަތުގުޅައިލުމަށް ސިޓީ ކައުންސިލްގެ އިލްތިމާސެއް

ހދ.ކުޅުދުއްފުށި ސިޓީގެ ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށްޓަކައި، ވެށްޓަށް ގެއްލުންވާނެ އެއްވެސް އަމަލެއް ނުކުރެއްވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިލްތިމާސްކޮއްފިއެވެ. ހަމައެއާއެކު، ކުޅުދުއްފުށީގެ ހޭޅިފަށާއި، ކުޅި އަދި  ޗަސްބިންތަކުގެ ރުއްގަހާއި، އެ ރަށުގެ ފެހިކަމާއި، ތިމާވެށި ރައްކާތެރިކުރުމަށްޓަކައި އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ. އެ ސަރަހައްދުތައް ޙިމާޔަތް ކުރުމުގެ މުޙިއްމުކަން، އާއްމުންގެ ސަމާލުކަމަށް ގެންނަމުން، އެ ކައުންސިލުން ފާހަގަ ކޮއްފައިވާ ގޮތ...

ކުޅުދުއްފުށީގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ ކޯ-ކްރިއޭޝަން ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފި
Thiladhunmathi News

ކުޅުދުއްފުށީގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ ކޯ-ކްރިއޭޝަން ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފި

ކުޅުދުއްފުށި ސިޓީ ކައުންސިލާއި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް ގުޅިގެން، ކުޅުދުއްފުށި ސިޓީގެ ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ކުރިއަށްގެންދިޔަ 5 ދުވަހުގެ ކޯ-ކްރިއޭޝަން ވޯކްޝޮޕް ކާމިޔާބުކަމާއެކު އިއްޔެ ނިންމާލައިފިއެވެ. މި މަސައްކަތު ބައްދަލުވުމަކީ މީގެ ކުރިން ކުރިއަށްގެންދިޔަ ޚިޔާލުހޯދުމުގެ ބައްދަލުވުންތަކާއި ޕަބްލިކް ސަރވޭއިން އެއްކޮށްފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ތަރައްޤީގެ ޕްލޭންގައި ހިމަނާނެ ސިޔާސަތުތަކާއި، ސްޓްރެޓެޖީތަކާއި، ލަނޑުދަނޑިތަކުގެ އިތުރުން ހަރ...

ބޮޑުތިލަދުންމަތީ ބޮޑު ބާޒާރުގެ ތައްޔާރީތަކަށް 800,000 ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި
Thiladhunmathi News

ބޮޑުތިލަދުންމަތީ ބޮޑު ބާޒާރުގެ ތައްޔާރީތަކަށް 800,000 ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ “ބޮޑުތިލަދުންމަތީ ބޮޑު ބާޒާރު” ގެ ތައްޔާރީތަކަށް ބޭނުންވާ 800,000 (އަށްލައްކަ) ރުފިޔާގެ ބަޖެޓެއް ކުޅުދުއްފުށި ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ. މި ބަޖެޓު ފާސްކޮށްފައިވަނީ ބާޒާރު ބޭއްވުމަށްޓަކައި ޓެންޓްބަރި ތައްޔާރުކުރުމާއި، ސްޓޭޖްގެ މަސައްކަތްތަކާއި، ތަނުގެ ލައިޓިންގ، ސައުންޑް އަދި އެހެނިހެން އިންތިޒާމުތައް ހަމަޖެއްސުމަށެވެ. މި ނިންމުން ނިންމާފައިވަނީ 09 ސެޕްޓެމްބަރ 2026 ގައި ބޭއްވުނު ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފަސްވަނަ ދައުރުގެ 17 ވަނަ...

ކުޅުދުއްފުށީގައި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ ކެރިއާ ގައިޑެންސް ސެޝަނެއް ބާއްވަނީ
Thiladhunmathi News

ކުޅުދުއްފުށީގައި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ ކެރިއާ ގައިޑެންސް ސެޝަނެއް ބާއްވަނީ

ހދ. ކުޅުދުއްފުށީ ސިޓީގައި  މަސްވެރިކަމުގެ ދާއިރާގައި ކުރިއަށް ދެވެންހުރި ފުރުޞަތުތަކާއި ބެހޭ މައުލޫމާތު ދިނުމަށް  ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވަން ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގުޅިގެން  ބާއްވާ ސެޝަނެކެވެ. މި ސެޝަނުގައި ބައިވެރިވުމަށް މިހާރު ފުރުޞަތު ހުޅުވާލައިފައިވާއިރު، 10 ސެޕްޓެމްބަރު 2026، މެންދުރު 12:00ގެ ކުރިން ކުޅުދުއްފުށީސިޓީ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައިވާ...

''ކުޅުދުއްފުށީ ފުޓްސަލް ޗެލެންޖް'' ގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

''ކުޅުދުއްފުށީ ފުޓްސަލް ޗެލެންޖް'' ގައި ބައިވެރިވާން ހުޅުވާލައިފި

ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ “ކުޅުދުއްފުށީ ފުޓްސަލް ޗެލެންޖް 2026” ގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅުދުއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން އިންތިޒާމްކުރާ މުބާރާތެކެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ  9 އޮކްޓޯބަރ 2026 އެވެ. ކުޅުދުއްފުށީގެ ޒުވާނުންނަށާއި ފުޓްސަލް ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިދިނުމަށާއި ރަށުގެ ޒުވާނުންގެ ފުޓްސަލްގެ ހުނަރު އ...

މާޕްގެ "ދަ ގްރޭޓް އެޗްއާރް ބެސްޓް ޕްރެކްޓިސް ޝެއަރ" ޕްރޮގްރާމް ކުޅުދުއްފުށީގައި
Thiladhunmathi News

މާޕްގެ "ދަ ގްރޭޓް އެޗްއާރް ބެސްޓް ޕްރެކްޓިސް ޝެއަރ" ޕްރޮގްރާމް ކުޅުދުއްފުށީގައި

އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާއި މަސައްކަތުގެ މާޙައުލުގެ އެންމެ ފުރިހަމަ އުސޫލުތަކުގެ މުސްތަޤުބަލަށް އަމާޒުކޮށްގެން ބާއްވާ “ދަ ގްރޭޓް އެޗްއާރް ބެސްޓް ޕްރެކްޓިސް ޝެއަރ” ޕްރޮގްރާމް މިއަދު ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންގޮސްފިއެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (މާޕް) އާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން އިންތިޒާމުކުރާ މި ޕްރޮގްރާމަކީ، ސަރުކާރުގެ މުއައްސަސާތަކާއި ވިޔަފާރިތަކުގެ އިތުރުން ޢާންމު ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިސްވެރިންނާއި ފަންނީ މާހިރުން އެއ...

ކުޅުދުއްފުށި ސިޓީ ކައުންސިލުގެ މުވައްޒަފުންނަށް ޚާއްޞަ ތަމްރީނު ސެޝަންތަކެއް
Thiladhunmathi News

ކުޅުދުއްފުށި ސިޓީ ކައުންސިލުގެ މުވައްޒަފުންނަށް ޚާއްޞަ ތަމްރީނު ސެޝަންތަކެއް

ކުޅުދުއްފުށި ސިޓީ ކައުންސިލުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް އިސްކަންދޭ ޚިދުމަތުގެ ސަގާފަތެއް އަށަގަންނުވުމުގެ މަޤްޞަދުގައި އެ ކައުންސިލުގެ މުވައްޒަފުންނަށް ޚާއްޞަ ތަމްރީނު ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ. ދެ ދުވަހުގެ އިންޓެންސިވް ޓްރެއިނިންގ ޕްރޮގްރާމެއް ދެ ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދެވުނު މި އިންޓެންސިވް ޓްރެއިނިންގ ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވީ މަޝްހޫރު ކީނޯޓް ސްޕީކަރ، އެގްޒެކެޓިވް ކޯޗް، މެންޓަރ އަދި މޯ...

ބޭރުން ކިޔެވުމުގެ އެހީތެރިކަމަށް ''އެޑިއުވެސްޓް ސްޓަޑީ އެބްރޯޑް އެކްސްޕޯ'' ކުޅުދުއްފުށީގައި ބާއްވަނީ
Thiladhunmathi News

ބޭރުން ކިޔެވުމުގެ އެހީތެރިކަމަށް ''އެޑިއުވެސްޓް ސްޓަޑީ އެބްރޯޑް އެކްސްޕޯ'' ކުޅުދުއްފުށީގައި ބާއްވަނީ

ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުގެ ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ ‘އެޑިއުވެސްޓް ސްޓަޑީ އެބްރޯޑް އެކްސްޕޯ’ ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހާމަކޮއްފިއެވެ. އެހެންވެ، މި އެކްސްޕޯގައި ބައިވެރިވުމަށްޓަކައި ރަޖިސްޓްރީކުރުމަށް މިހާރު ހުޅުވާލައިފައިވާކަމަށް އެ ކައުންސިލުން ބުނެއެވެ. މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ސެޕްޓެމްބަރު 2 ވާ ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް، ކުޅުދުއްފުށި ސިޓީގެ ފުނަވަލު މާލަމުގައެވެ....

މޫސުމީ ކަންކަމުގައި ޒުވާނުންގެ ދައުރު ފުޅާކުރުމުގެ ޤައުމީ ކޮންފަރެންސް ކުޅުދުއްފުށީގައި
Thiladhunmathi News

މޫސުމީ ކަންކަމުގައި ޒުވާނުންގެ ދައުރު ފުޅާކުރުމުގެ ޤައުމީ ކޮންފަރެންސް ކުޅުދުއްފުށީގައި

މޫސުމީ ކަންކަމުގައި ޒުވާނުންގެ ދައުރު ފުޅާކުރުމަށް ޒުވާނުން އިސްނަގައިގެން ބާއްވާ ޤައުމީ ކޮންފަރެންސް، ލޯކަލް ކޮންފަރެންސް އޮފް ޔޫތު (އެލްސީއޯވައި މޯލްޑިވްސް) ހދ. ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިކަން ހާމަކޮށް ކުޅުދުއްފުށީ ސިޓި ކައުންސިލުން ބުނީމި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ 20 އޯގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 14:30 އިން 17:00 އަށް ކަމަށެވެ. އެހެންވެ، މި ކޮންފަރެންސްގައި ބައިވެރިވުމަށް ޝަައުޤުވެރިވާ ފަރާތްތަކުން އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓްރީވުމުގެ...

ކުޅުދުއްފުށީގައި ''އާއިލީ ދުޅަހެޔޮ ސިއްހަތު''ގެ ހަވީރެއް
Thiladhunmathi News

ކުޅުދުއްފުށީގައި ''އާއިލީ ދުޅަހެޔޮ ސިއްހަތު''ގެ ހަވީރެއް

ހދ. ކުޅުދުއްފުށީ ސިޓީގައި “އާއިލީ ދުޅަހެޔޮ ޞިއްޙަތު” ގެ ނަމުގައި ހަވީރެއް ބާއްވަން ތައްޔާރުވަމުން އެބަދެއެވެ. ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަން (ޝީ) އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގުޅިގެން ކުރިއަށް ގެންދާ އާއިލީ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ރަށުގެ އިސްރަށްވެހިންގެ ޕާކުގައެވެ. ދުޅަހެޔޮ ޞިއްޙަތަކާއެކު ފާގަތި ދިރިއުޅުމަކަށް އަމާޒުކޮށް ބާއްވާ މި ހަވީރުގައި ކުރިއަށްދާނެ ބައިތައް އެ ކައުންސިލުންވަނީ އާންމު ކޮއްފައެވެ.އޭގެތެރޭގައި ދުޅަހެޔޮ ސިއްހަތާއި ކަސ...