މިދިޔަ އަހަރަކީ ބީއެމްއިލްއިން ޓެކްނޮލޮޖީއަށް ބޮޑު އިންވެސްޓެއް ކުރެވިގެންދިޔަ އަހަރެއް!
2019 ވަނަ އަހަރަކީ ބީއެމްއިލްއިން ޓެކްނޮލޮޖީއަށް ބޮޑު އިންވެސްޓެއް ކުރެވިގެންދިޔަ އަހަރެއްކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވެއްޖެއެވެ. ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި 2019 ވަނަ އަހަރު ބޭންކަށް ހޯދުނު ނަތީޖާއަށް އަލިއަޅުއްވާލައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ 2019 ވަނަ އަހަރުވެގެން ގޮސްފައިވަނީ ހިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ޓެކްނޮލޮޖީއަށް ބޮޑު އިންވެސްޓެއް ކުރެވިގެންދިޔަ އަހަރަކަށް ކަމަށެވެ....