ބީއެމްއެލްގެ އޭޓީއެމް ބޭނުން ކުރާގޮތަށް ބޮޑު ބަދަލެއް: ފައިސާ ލިބޭނީ ކާޑު ނެގުމުން

BML

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ތަކުން ފައިސާ ނަގަން ކާޑު ބޭނުން ކުރާގޮތަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.

ބީއެމްއެލް އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އޭޓީއެމް އަށް ކާޑު ލެއްވުމަށްފަހު ފައިސާ ނަގައި، ކާޑު ނަގަން ކަސްޓަމަރުން ހަނދާން ނެތޭ ކަމަށެވެ. އެހެންވެ، ކާޑު ބޭނުންކުރާ ގޮތަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އެމޭޓީއެމްގެ ހިދުމަތަށް މި ބަދަލު ގެނެސްފައިވަނި ކަސްޓަމަރުންގެ ފީޑްބެކަށް ބަލާ، ކާޑު ގެއްލޭ ވަރު މަދު ކުރުމަށް އެޅި މި ފިޔަވަޅެއްގެ ގޮތުގައި ކަމަށް ބުނެފައި ވެއެވެ. މި ގެނައި ބަދަލާއި އެކު ދެން އޭޓީއެމް އިން ފައިސާ ނަގަން ޖެހޭނީ ކާޑު ލައްވާ، ޕިން ޖެހުމަށްފަހު ކާޑު މެޝިނުން ނަގާށެވެ.

ބީއެމްއެލް އިން މީގެކުރިން ވެސް ވަނީ އޭޓީއެމް އިން ފައިސާ ނެގަން އަމަލު ކުރަން ޖެހޭ އުސޫލަށް ބަދަލު ގެނެސްފައެވެ. ކުރިން ގެނައި ބަދަލާއި އެކު ވަރަށް ގިނަ ބަޔެއްގެ ކާޑު ވަނީ ހަނދާން ނެތިގެން އޭޓީއެމްއަށް ދޫވެފައެވެ.

ކޭސްކާޑަކީ ޕިން ނަންބަރު ނޭންގުނަސް ކާޑުގެ ނަންބަރާއި މުއްދަތު ހަމަވާ ތާރީޙް ފަދަ މައުލޫމާތު ބޭނުންކޮށްގެން އޮންލައިން ޓްރާންސެކްޝަންތައް ހެދުން ފަދަ ކަންކަން ކުރަން ފުރުސަތު އޮންނަ ގޮތެކެވެ. މިއާއި އެކު ހަނދާން ނެތިގެން އޭޓީއެމްއަށް ދޫވެފައިވާ ކާޑެއް އަލުން ފެނުނު ކަމުގައި ވިޔަސް ރައްކާތެރިކަމަށްޓަކައި ޖެހެނީ ކާޑު އަލުން އާކުރާށެވެ. މިކަން ރަނގަޅު ކުރުމަށް ބީއެމްއެލްއިން އައީ ވަރަށް ގިނަ ހޭލުންތެރިކުރުމުގެ ކެންޕެއިންތަކެއްވެސް ހިންގަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *