ބީއެމްއެލްގެ މަސްވެރިޔާ ކާޑު ބޭނުންކޮށްގެން އެއްލައްކަ ރުފިޔާގެ އިނާމް
މި އަހަރު އަލަށް ތައާރަފް ކުރި މަސްވެރިޔާގެ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފިއެވެ. މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން މި ޕްްރޮމޯޝަން ކުރިއަށްގެންދަން ހަމަޖެހިފައިވަނީ އަންނަ މާރޗް މަހުގެ10 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި، މަސްވެރިޔާގެ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތަކަށް އެއްލައްކަ ރުފިޔާގެ ފައިސާފެ އިނާމ...