10 ހޮސްޕިޓަލަކަށް ބޭންކް އޮފް މޯލްޑިވްސް ޕލކ. އިން ފޭސް ޝީލްޑް ހަދިޔާކޮށްފި އެވެ.
ބީއެމްއެލް އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ މި ތަކެތި ހަވާލުކުރީ ކޯވިޑް-19 ގެ މި ހާލަތުގައި ސިއްހީ ހިދުމަތްތެރިންނާއި އެހެންވެސް ފްރަންޓްލައިނުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތަށް އެހީވުމުގެ ގޮތުން ކަމަށެވެ. އެގޮތުން ބީއެމްއެލް އިން ވަނީ 10 ހޮސްޕިޓަލަކަށް 500 ފޭސް ޝީލްޑް ހަދިޔާކޮށްފައެވެ.
ބީއެމްއެލުން ފޭސް ޝީލްޑު ފޯރުކޮށްދިން ހޮސްޕިޓަލްތައް:
– އައިޖީއެމްއެޗް
– ހއ. އަތޮޅު ހޮސްޕިޓަލް (ދިއްދޫ)
– ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
– ނ. އަތޮޅު ހޮސްޕިޓަލް (މަނަދޫ)
– އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
– ވ. އަތޮޅު ހޮސްޕިޓަލް (ފެލިދޫ)
– ފ. އަތޮޅު ހޮސްޕިޓަލް (ނިލަންދޫ)
– ތ. އަތޮޅު ހޮސްޕިޓަލް (ވޭމަންޑޫ)
– ގަން ރީޖަނަލް ހޮސްޕިޓަލް
– ގއ. އަތޮޅު ހޮސްޕިޓަލް (ވިލިނގިލި)
ކޯވިޑް-19 ބަލިމަޑުކަމާ ގުޅިގެން ކަސްޓަމަރުންގެ ރައްކާތެރި ކަމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
We made a special donation of face shields to 10 hospitals across the Maldives to support healthcare workers and other essential workers during this time. #StaySafe pic.twitter.com/bXW8aJwpvB
— Bank of Maldives (@bankofmaldives) August 25, 2020
މިގޮތުން ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ލިބޭނެ މަގުފަހިކޮށް، އެޕޮއިންޓްމަންޓް އުސޫލުން ހިދުމަތް ދިނުމާއި، ޝޯޓް ޓަރމް ފައިނޭންސިންގ އެއް ތައާރަފް ކުރުމާއި، ޕަރސަނަލް، ހައުސިންގ އަދި ބިޒްނަސް ލޯނުތައް ފަސްކޮށްދިނުމާއި، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ނަގާފައިވާ ހުރިހާ ނެޝަނަލް ސްޓޫޑަންޓް ލޯނާއި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނުތަކަށް ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމާއި، ސަރުކާރުގެ ކޯވިޑް-19 ރިކަވަރީ ސްކީމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އިން ލޯނު ދޫކުރުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!