ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ހދ. މަކުނުދޫގައި ސެލްފް ސަރވިސް ސެންޓަރެއް ޤާއިމްކުރުމަށް ބީއެމްއެލްއިން މަސައްކަތް ފަށައިފިއެވެ.

މަކުނުދޫގެ އިތުރުން 2 ރަށެއްގައި ބީއެމްއެލްއިން ސަރވިސް ސެންޓަރުތައް ޤާއިމްކުރުމަށް ނިންމާފައިވަނީ ކުންފުނީގެ ޚިދުމަތްތައް ފުޅާކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ.

Ad
rt

އެގޮތުން ބީއެމްއެލްއިން ވަނީ އދ. ދަނގެތި، ކ. ހިންމަފުށީގައި ސެލްފް ސަރވިސް ސެންޓަރުތައް ޤާއިމްކުރުމަށް ނިންމާފައެވެ.

ބޭންކުން މިހާރު ވަނީ މި ސެންޓަރުތައް ޤާއިމްކުރުމަށް ބޭނުންވާ ޢިމާރާތްތަކުގެ މަސައްކަތްކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ.