2019 ވަނަ އަހަރަކީ ބީއެމްއިލްއިން ޓެކްނޮލޮޖީއަށް ބޮޑު އިންވެސްޓެއް ކުރެވިގެންދިޔަ އަހަރެއްކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވެއްޖެއެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި 2019 ވަނަ އަހަރު ބޭންކަށް ހޯދުނު ނަތީޖާއަށް އަލިއަޅުއްވާލައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ 2019 ވަނަ އަހަރުވެގެން ގޮސްފައިވަނީ ހިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ޓެކްނޮލޮޖީއަށް ބޮޑު އިންވެސްޓެއް ކުރެވިގެންދިޔަ އަހަރަކަށް ކަމަށެވެ.

Ad
rt

އެގޮތުން "މަރޗަންޓް ޕޯޓަލް އާއި މޮބައިލް ޕޮއިންޓް އޮފް ސޭލް ސޮލިއުޝަން ތައާރަފްކުރެވުނު" ކަމަށާޢި "އެއީ ސްމާޓް ފޯނެއް ބޭނުންކޮށްގެން ވިޔަފާރިތަކަށް ކޮންޓެކްޓްލެސް ޕޭމަންޓް ބަލައިގަނެވޭނޭ ގޮތް ހަމަޖައްސައިދިނުމުގެ ގޮތުން." ކަމަށެވެ.

"ކިޔުއާރް ކޯޑް ޕޭމަންޓް ތައާރަފްކުރެވިގެން ދިޔައިރު ޕީއޯއެސް ވިއުގަ ތަރައްގީކޮށް، ޕީއޯއެސް ޓަރމިނަލްތަކުން ހުރިހާ ވައްތަރެއްގެ ކޮންޓެކްޓްލެސް ޕޭމަންޓް ބަލައިގަނެވޭ ގޮތްވެސް ވަނީ ހަމަޖައްސާފައި."

ޓިމް އިތުރަށް ވިދާޅުވިއެވެ.

އޮންލައިންކޮށް ކުރިއަށް ދިޔަ ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން އިތުރަށް ޓިމް ވަނީ އޮންލައިންކޮށް ވިޔަފާރި ހިންގާ ގިނަ ބަޔަކު އިންތިޒާރުކުރި ބަދަލުގެ ވާހަކަ ފާހަގަ ކުރައްވާފައެވެ. އެއީ ޕޭމަންޓް ގޭޓްވޭ ހިދުމަތަށް ނަގާ ފީ އަށް ގެނެވުނު ހެޔޮ ބަދަލުގެ ވާހަކައެވެ.

"އީކޮމާސް ޕްލެޓްފޯމްތައް ތަރައްގީ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ޕޭމަންޓް ގޭޓްވޭ ހިދުމަތަށް ނަގާ ފީ އަށްވެސްވަނީ ރަނގަޅު ބަދަލުތަކެއް ގެނެވިފައި"

ޓިމް ވިދާޅުވިއެވެ.

ޓިމް ވަނީ ކޯވިޑާއި ގުޅިގެން ރާއްޖެއަށް އައިސްފައިވާ މާލީ ގޮންޖެހުމަށް އަލި އަޅުވާލައްވާފައެވެ. މިއަދު އޮތް ހާލަތައް ބަލާއިރު ދުނިޔޭގެ އެހެން ބޭންކުތަކޭ އެއްގޮތަށް، ބީއެމްއެލްއަށް ވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާކަމަށް ވިދާޅުވިއެވެ.