"ނޫއިގުތިސޯދު އޮތީ ނޫފައިގެންފައި" ޔާމީން މިސާލު ޖެއްސެވީ ތިލަދުންމަތީގެ މަސްވެރިކަމުގެ ހާލަތުން
މި ސަރުކާރު ނޫއިގުތިސޯދު މިއޮތީ ހަގީގަތުގައި ވެސް ނޫފައިގެންފައިކަމަށް ވިދާޅުވެ މިސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ފާޑުވިދާޅުވެއްޖެ އެވެ. މި ސަރުކާރުން ރާއްޖޭގެ ދަރަނި ރެކޯޑު މިންވަރަކަށް އުފުލާލިއިރު އިގުތިސޯދު ދުޅަހެޔޮކޮށް އާރާސްތުކުރަން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ވިދާޅުވެ ސަރުކާރުގެ އިގުތިސޯދީ ސިޔާސަތަށް ފާޑު ވިދާޅުވެފައިވަނީ، އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ޔާމީން ދެ...