އިދިކޮޅު ޕްރޮގްރެސިވްއިދިކޮޅު ރިޔާސީ ޓިކެޓް ރައީސް ޔާމީނާއި ހަވާލުކޮށްފައި ކޯލިޝަންގައި ހިމެނޭ ޕީޕީއެމްއާއި ޕީއެންސީގެ ރިޔާސީ ޓިކެޓު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުޤައްޔޫމާއި މިރޭ ހަވާލު ކޮށްފިއެވެ.

އިދިކޮޅު ރިޔާސީ ޓިކެޓް ރައީސް ޔާމީނާއި ހަވާލުކޮށްފައި ވަނީ އިދިކޮޅު ކޯލިޝަނުން މިރޭ ބާއްވަމުންދާ 'ހަވާލޭ ވަތަން' ޖަލްސާގައެވެ.

Ad
rt

މާލޭގެ ކާނިވާ ސަރަހައްދުގައި މިރޭ ކުރިއަށްދާ މި ޖަލްސާގައި ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް، ކޮންމެ ރަށަކުން ރައްޔިތުން ތަމްސީލުކުރާ މަންދޫބެއް ރައީސް ޔާމީނަށް ރިޔާސީ ޓިކެޓު ހަވާލުކުރުމުގައި ވަނީ ބައިވެރިވެފައެވެ.

އަންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޓިކެޓްގައި ވާދަކުރައްވާނެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް އެ ޕާޓީގެ ސެނެޓުން ވަނީ ކުރިން ނިންމާފައެވެ.

އިދިކޮޅު ރިޔާސީ ޓިކެޓް ރައީސް ޔާމީނާއި މިރޭ ހަވާލުކުރިއިރު، ރާއްޖޭގެ ބޮޑު އަނެއް ޕާޓީ، އެމްޑީޕީން އެ ޕާޓީގެ ކޮންގްރެސް ވެސް މިރޭ ފަށައިގެން ކުރިއަށް އެބަ ގެންދެއެވެ.