ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން އެމަނިކުފާނު ހައި ކޯޓަށް ހުށަހެޅުއްވި އިސްތިއުނާފް ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.

އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރާ ދައުވާތަކާ ގުޅިގެން އެމަނިކުފާނު އިސްތިއުނާފަށް ހުށަހެޅުއްވީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ކްރިމިނަލް ކޯޓުން ބަލައިނުގަތުމަށް ނިންމި މައްސަލަ އެވެ.

Ad
rt

ކްރިމިނަލް ކޯޓުން އެ ހުށަހެޅުންތައް ބަލައިނުގަތީ މުއްދަތު ހަމަވުމުންނެވެ. ހައި ކޯޓުގައި އެމަނިކުފާނު އިސްތިއުނާފަށް ހުށަހެޅުއްވީ އެ މައްސަލަ އެވެ.

އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމީ މިއަދެވެ.

އާރަށް މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ. ދެން އޮތީ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ.