މި ސަރުކާރު ނޫއިގުތިސޯދު މިއޮތީ ހަގީގަތުގައި ވެސް ނޫފައިގެންފައިކަމަށް ވިދާޅުވެ މިސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ފާޑުވިދާޅުވެއްޖެ އެވެ.
މި ސަރުކާރުން ރާއްޖޭގެ ދަރަނި ރެކޯޑު މިންވަރަކަށް އުފުލާލިއިރު އިގުތިސޯދު ދުޅަހެޔޮކޮށް އާރާސްތުކުރަން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ވިދާޅުވެ ސަރުކާރުގެ އިގުތިސޯދީ ސިޔާސަތަށް ފާޑު ވިދާޅުވެފައިވަނީ، އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ޔާމީން ދެއްކެވި ވާހަކަފުޅުގައެވެ.
އިގްތިސާދީ ހާލަތު ބަޔާންކުރައްވަމުން ޔާމިން ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގައި އެންމެ ބޮޑު އާންމްދަނީއެއް ލިބޭ ޓޫރިޒަމް ނެގުމަށް ފަހު ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ދިރިއުޅުމާއި ގުޅުން ހުރި، ދިރިއުޅުމަށް ދިލަ ފޯރާ މަސައްކަތަކީ މަސްވެރިކަންކަމުގައި ފާހަގަ ކުރައްވާ ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އިގްތިސާދުގެ މައިބަދަކަމުގައެވެ.
މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި މަސްވެރިކަމުގެ ހާލަތު މިހާރު އޮތް ހާލަތުގެ މައްޗަށް އަލިއަޅުވާލަމުން ވިދާޅުވީ މަސްވެރިން ބާނާމަސް ގަންނަން އަދި މަސްވެރިންނަށް ހަމަ އަގު ދިނުމަށް ސަރުކާރު ނުކުޅެދިފައިވާކަމަށެވެ.
އެގޮތުން ތިލަދުންމަތީގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރަމުން އަންނަ ތިން ރަށުގެ ހާލަތު ބަޔާން ކުރެއްވި އެވެ.
އެންމެ ފުރަތަމަ ފާހަގަ ކުރެއްވީ ހއ. އަތޮޅުން މަސްވެރިކަމުގައި އެންމެ މަޝްހޫރު ރަށްކަމުގައިވާ ހއ. އިހަވަންދޫގައި 2018 ވަނަ އަހަރު ނިމުނު މަހަށް ފުރާ 19 ދޯނި އެރަށުގައި އޮތް ކަމަށެވެ. ނަމަވެސް މިހާރު އެރަށުގައި "ދޭތެރެ ދޭތެރެއިން" މަހަށް ފުރަނީ 10 ދޯނިކަމުގައި ވިދާޅުވިއެވެ. އަދި 2018 ވަނަ އަހަރު ނިމުނު އިރު ހއ. ހޯރަފުށީގައި މަހަށްފުރާ 9 ދޯނި އޮތްއިރު މިހާރު މަސް ބާނަން ނިކުން ނަނީ 3 ދޯނި ކަމަށް ވިދާޅުވި އެވެ. ރައީސް ޔާމިންގެ ވެރިކަން ނިމުނުއިރު ހދ. މަކުނުދޫގައި 14 ދޯނީ މަސްވެރިކަމަށް ނިކުންނަ ކަމަށާއި ނަމަވެސް މިހާރު މަސްވެރިކަމަށް ނިކުން ނަނީ އެންމެ ދެ ދޯނިކަމުގައި ވިދާޅުވި އެވެ.
ރައީސް ޔާމިންގެ ސަރުކާރުން މަސްވެރިކަން ފުޅާކުރަން ދެއްވި ލުއި ލޯނުގެ ނަތީޖާ އަކީ އެއީ ކަމުގައި ވިދާޅުވިއެވެ.
އިގުތިސޯދީ ހާލަތާއި ދަރަންޏާ ގުޅުވާ ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ ދަރަނިވެރިކަން އިތުރުވެފައިވާ މިންވަރު ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!