ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމް ޓްވީޓާ ބޭނުން ކުރައްވަން ފައްޓަވައިފި އެވެ.

ރައީސް ޔާމީން ޓްވީޓާ ބޭނުން ކުރަން ފައްޓަވާފައި ވަނީ މިރެއެވެ. ފުރަތަމަ ޓްވީޓެއް ކުރެއްވީ މިރޭ 19:17 ގައެވެ. އެ ޓްވީޓްގައި ''بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ'' ލިޔުއްވާފައި ވެއެވެ.

Ad
rt

އެއަށްފަހު 19:19 ގައި ކުރެއްވި ޓްވީޓެއްގައި ވަނީ ދިވެހި ޤައުމީ ދިދަ ހިމަނުއްވާފައެވެ. އަދި އެ ޓްވީޓްގައި "ދިވެއްސަކަށްވީތީ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް" ލިޔުއްވާފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ރައީސް ޔާމީން އަމިއްލަފުޅު ޓްވިޓާ އެކައުންޓެއް ބޭނުން ކުރައްވަން ފެއްޓެވި ފުރަތަމަ ފަހަރެވެ.

މިރޭގެ މެންދަމު 1:00 އާއި ހަމައަށް 3،310 އެކައުންޓަކުން ރައީސް ޔާމީންގެ އެކައުންޓް ފްލޯކޮށްފައި ވެއެވެ. އެހާތަނަށް އެމަނިކުފާނު ފްލޯކުރަށްވާފައި ވަނީ ޕީޕީއެމްގެ ރަސްމީ ޓްވީޓާ އެކައުންޓް އެކަންޏެވެ.