ކޮރަޕްޝަންގެ ވަބާ ނައްތާ ލެވޭނީ ހަމަހަމަކަމާއެކު ޢަމަލުކުރެވިގެން: ރައީސް
މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ޚިޔާނާތުގެ މައްސަލަތަކާ ގުޅިގެން، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބުދުލްޣަފޫރު ހިމެނޭހެން ތިން މީހަކާއެކު ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ހަދާފައިވާ އެއްބަސްވުންތައް، މިހާރުގެ ޕްރޮސެކިއުޓަރ ޖެނެރަލް ނިމުމަކަށް ގެނައުމާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ. އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ބޮޑު މައްސަލައިގައި ބައެއް ފަރާތްތަކަށް ތ...